Election Commission of Maldives

ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ގުޅޭ

05 މާޗް 2017, 12:00 އިއުލާން

ނަންބަރު(A)CA-2017/78:

އިޢުލާން

ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ގުޅޭ

           މި ކޮމިޝަނުގެ އިޢުލާނު ނަންބަރު:(A)CA-2017/69 (2017 ފެބުރުވަރީ 20) އާއި ހާވާލާދީ ދަންނަވަމެވެ.

      2017 އެޕްރީލް 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ 09 މާރިޗު 2017 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައެވެ.

            އަދި ދަންނަވަމެވެ، ކެންޑިޑޭޓުންގެ ގުރުއަތުލުން ކުރިއަށްދާނީ އެ ކެންޑިޑޭޓަކު ކުރިމަތިލި ދާއިރާއެއްގެ ކައުންސިލް އިދާރާއެއްގައެވެ. މާލެ ސިޓީއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުން ކުރިއަށްދާނީ އިލެކްޝަންސް ކޮމިޝަނުގެ އިދާރާގައެވެ.

            ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާނުކުރީމެވެ.

            06 ޖުމާދުލްއާޚިރު 1438

            05 މާރިޗު 2017