Election Commission of Maldives

ވައަރލެސް ބޯޑު ރޫމް ސައުންޑް ސިސްޓަމެއް ގަންނަން ބޭނުންވެއްޖެ

07 މާޗް 2017, 12:00 އިއުލާން

ނަންބަރ: (A)AB-2017/079

ވައަރލެސް ބޯޑު ރޫމް ސައުންޑް ސިސްޓަމެއް ގަންނަން ބޭނުންވެއްޖެ

އިޢުލާނު

ވައަރލެސް ބޯޑު ރޫމް ސައުންޑް ސިސްޓަމް، 8 ސްޕީކަރ ސެޓާއެކު ގަންނަން ކޮށްފައިވާ ނަންބަރު (A)AB-2017/064 (19 ފެބުރުވަރީ 2017) އިޢުލާނާ ގުޅިގެން އެކަށީގެންވާ ޢަދަދަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީވެ، މި ތަކެތި ވިއްކާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ގަޑި

ދުވަސް

ތާރީޚް

ތަފްސީލް

14:00

ހޯމަ

13 މާރިޗު 2017

މަޢުލޫމާތު ސާފުކުރުން

14:00

ބުރާސްފަތި

16 މާރިޗު 2017

އަންދާސީހިސާބު ހުށަހެޅުން

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3004428 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ. 

19 ޖުމާދަލްއާޚިރާ  1438 

07  މާރިޗު 2017