Election Commission of Maldives

ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް އެދި ފޯމު ހުށަހަޅާނެ ގޮތުގެ އުޞޫލު

09 މާޗް 2017, 12:00 އިއުލާން

ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް އެދި ފޯމު ހުށަހަޅާނެ ގޮތުގެ އުޞޫލު

  • ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް އެދި ފޯމު ހުށަހަޅާނީ http://forms.elections.gov.mv މި ލިންކް މެދުވެރިކޮށް އޮންލައިންކޮން ނުވަތަ ތިރީގައި މިދަންނަވާ ތަންތަނަށެވެ.
    • މާލޭގައިނަމަ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީނު) ގެ ރިސެޕްޝަނަށެވެ.
    • އަތޮޅުތަކުގައިނަމަ އެ އަތޮޅެއްގެ އަތޮޅު ފޯކަލް ފޮއިންޓަށް ނުވަތަ އެ ރަށެއްގެ ފޯކަލް ޕޮއިންޓަށެވެ.
    • އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އިން ނަމަ، އެ ސިޓީ އެއްގެ އަވަށު އޮފީހުގައި ހުންނަ ފޯކަލް ޕޮއިންޓަށެވެ.
  • ފޯމުގައި މަޢުލޫމާތު ފުރިހަމަކުރަންވާނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ގޮތަށެވެ.
  • އޮންލައިންކޮށް ފޯމުހުށަހަޅާއިރު، ފޯމުގައިވާ މަޢުލޫމާތު ފުރިހަމަކުރުމަށްފަހު ތިރީގައި މިދަންނަވާ ފައިލްތައް އަޕްލޯޑްކުރަންވާނެއެވެ. އަދި އަޕްލޯޑްކުރެވޭ ފައިލްތަކުގެ ސައިޒު 1MB އަށް ވުރެ ބޮޑުވެގެން ނުވާނެއެވެ.
    • ސްކޭން ކޮށްފައިވާ، މުއްދަތު ހަމަނުވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް (PDF ފޯމެޓްގައި)
    • ނެގިތާ 3 މަސް ދުވަސް ހަމަނުވާ ޕާސްޕޯޓު ސައިޒުގެ ސާފު ކުލަ ފޮޓޯއެއް (JPEG ފޯމެޓްގައި، ރިޒޮލިއުޝަން600Dpi ގައި، އަދި 35mm x 45mmގެ ސައިޒުގައި)
    • އިސްވެ ދެންނެވުނު ލިންކުން "ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް ކުރިމަތިލާ ފަރާތުގެ އިޤުރާރު" ޑައުންލޯޑް ކުރުމަށްފަހު ފުރިހަމަކޮށް ސޮއިކޮށްފައިވާ ސްކޭން ކޮޕީއެއް (PDF ފޯމެޓްގައި)
    • އިސްވެ ދެންނެވުނު ލިންކުން "ކެންޑިޑޭޓުގެ މަންދޫބު އައްޔަންކުރިކަމުގެ ލިޔުން" ޑައުންލޯޑް ކުރުމަށްފަހު ފުރިހަމަކޮށް ސޮއިކޮށްފައިވާ ސްކޭން ކޮޕީއެއް (PDF ފޯމެޓްގައި)
  • ސިޓީ/ރަށް/އަތޮޅު ތަކުގެ ފޯކަލް ޕޮއިންޓުންނަށް އަދި އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބި މަރުކަޒަށް ފޯމުގެ ހާޑުކޮޕީ ހުށަހަޅާނަމަ ފޯމާއިއެކު ތިރީގައި މިދަންނަވާ ތަކެތި ހުށަހަޅަންވާނެއެވެ.
    • ނެގިތާ 3 މަސް ދުވަސް ހަމަނުވާ ޕާސްޕޯޓު ސައިޒުގެ ސާފު ކުލަ ފޮޓޯއެއް (JPEG ފޯމެޓްގައި، ރިޒޮލިއުޝަން600Dpi ގައި، އަދި 35mm x 45mmގެ ސައިޒުގައި) – ސީޑީއެއްގައި
    • ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް ކުރިމަތިލާ ފަރާތުގެ އިޤުރާރު
    • ކެންޑިޑޭޓުގެ މަންދޫބު އައްޔަންކުރިކަމުގެ ލިޔުން
  • ފޯމު ހުށަހަޅާއިރު ފުރިހަމަ ކުރަންޖެހޭ މަޢުލޫމާތު ފުރިހަމަ ނުވާނަމަ، ނުވަތަ ޞައްޙަ ނޫން މަޢުލޫމާތު ހުށަހަޅާފައިވާނަމަ، ނުވަތަ އެޓޭޗް ކުރަންޖެހޭ އެއްވެސް އެއްޗެއް މަދުވާނަމަ ފޯމު ބާޠިލް ކުރެވޭނެއެވެ.

ނޯޓު: ފޯމު ފުރިހަމަކޮށް އޮންލައިންކޮށް ހުށަހެޅުމުން ލިބޭ ފޯމު ނަންބަރު ނޯޓު ކުރެއްވުމަށް ސަމާލުކަން ދޭންވާނެއެވެ.