Election Commission of Maldives

މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ރައްޔިތުން ވޯޓުލުމަށް ކުރިން އިޢުލާން ކޮށްފައިވާ ވޯޓުލާ ސަރަޙައްދު ބަދަލުވުމާއި ގުޅޭ

14 މާޗް 2017, 12:00 އިއުލާން

ނަންބަރު:(A)CA-2017/105

އިޢުލާން

ކުރިން އިޢުލާން ކޮށްފައިވާ ވޯޓުފޮށްޓަށް ވޯޓުލާ ސަރަޙައްދު ބަދަލުވުމާއި ގުޅޭ

           މި ކޮމިޝަނުގެ ނަންބަރު: (A)CA-2017/35(16 ފެބުރުވަރީ 2017) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

           15 އެޕްރީލް 2017 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި،  މާލޭގައި ދިރިއުޅޭ އަތޮޅު ތަކުގެ ރައްޔިތުންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލޭގައި ބެހެއްޓުމަށް އިޢުލާން ކޮށްފައިވާ ވޯޓުފޮށި ތަކުގެ ތެރެއިން، ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަންތަނާއި އަދި ވޯޓުލާ ސަރަޙައްދު މިދަންނަވާ ގޮތަށް ވަނީ ބަދަލު ކުރެވިފައެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

         ވޯޓުލާ ސަރަހައްދު                     

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

މާލެ،

އެކުވެނި ކްރިކެޓް ހޯލް،

 ހޯލުގެ އިރުމަތީފަޅީގައި

 

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ހއ. އިހަވަންދޫ، ހއ. މާރަންދޫ، ހއ. މޮޅަދޫ، ހއ. ދިއްދޫ މި 4 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ހއ. އަތޮޅު، މާލެ-2

A02.0.1

1

މާލެ،

އިސްކަންދަރު ސްކޫލް

ޗާންދަނީމަގުގެ 1 ނަންބަރު ގޭޓުން ވަންނައިރު ހޯލުގެ ހުޅަނގުކޮޅުގައި

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ހދ. ހަނިމާދޫ، ފިނޭ، ނައިވާދޫ، ހިރިމަރަދޫ، ހދ. ނޮޅިވަރަންފަރު، ހދ.ނޮޅިވަރަމު، މި 6 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ހދ. އަތޮޅު، މާލެ-1

B01.0.1

2

މާލެ،

އެކުވެނި ކްރިކެޓް ހޯލް،

ހޯލުގެ ހުޅަނގުފަޅީގައި

 

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ހދ. ވައިކަރަދޫ،  ނެއްލައިދޫ، ކުރިނބި މި 3 ރަށުގެ  ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނާއި މާލޭގައި ތިބި ހދ. ކުޅުދުއްފުށީ މަޤާމް މަގުގެ އުތުރުފަރާތުގައި ހިމެނޭ ހުރިހާ ގެއެއްގެ ރަޖިސްޓްރީގައިވާ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުން އަދި މާލޭގައި ތިބި ހދ. ކުޅުދުއްފުށީ މަޤާމް މަގުގެ ދެކުނުފަރާތުގައި ހިމެނޭ ހުރިހާ ގެއެއްގެ ރަޖިސްޓްރީގައިވާ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ހދ. އަތޮޅު، މާލެ-3

B03.0.1

3

މާލެ،

ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލް، (ކުރީގެ އީ.ޕީ.އެސް)، ރަށްދެބައިހިނގުން ދޮރޯށިން ވަދެގެންދާއިރު ދެކުނުފަރާތު ކޮރިޑޯ

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ށ. ފީވަށް، ށ. ނަރުދޫ، ށ. މިލަންދޫ، ށ. ފުނަދޫ، ށ. މާއުނގޫދޫ، ށ. ޅައިމަގު  މި 6 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

 

ށ. އަތޮޅު، މާލެ-2

C02.0.1

4

މާލެ،

މަޖީދިއްޔާ ސްކޫލް، ކޮއިމަލާމާލަމުގެ(ކުރީގެ ދަރުމަވަންތަ ސްކޫލް ހޯލް) ދެކުނުކޮޅުގައި

 

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ނ. ހެނބަދޫ، ނ. ކެނދިކުޅުދޫ، ނ. މާޅެންދޫ، ނ. ކުޑަފަރި، ނ. މިލަދޫ، ނ. ހޮޅުދޫ، ނ. މަގޫދޫ މި 7 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ނ. އަތޮޅު، މާލެ-1

D01.0.1

5

މާލެ،

ދަރުމަވަންތަ ސްކޫލް ނިކުންނަގޭޓް ކޮރިޑޯ

 

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ރ. ހުޅުދުއްފާރު، ރ. އުނގޫފާރު، ރ. މާކުރަތު، ރ. ދުވާފަރު މި 4 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ރ. އަތޮޅު، މާލެ-2

E02.0.1

6

މާލެ،

ކީރިތި ޤުރުއާނާބެހޭ މަރުކަޒު

 

އަމީރު އަޙްމަދު މަގުގެ އިރުމަތީ ދޮރޯށިން ވަންނައިރު އިރުމަތީފަރާތު 1 ނަންބަރު ކްލާސްރޫމް ތެރޭގައި

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ރ. ރަސްމާދޫ، ރ. އިންނަމާދޫ، ރ. އިނގުރައިދޫ، ރ. ފައިނު، ރ. ކިނޮޅަސް، ރ. މީދޫ، ރ. މަޑުއްވަރި މި 7 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ރ. އަތޮޅު، މާލެ-4

E04.0.1

7

މާލެ،

އިމާދުއްދީން ސްކޫލް،

މިއުޒިކީ ހިނގުމުން ވަދެގެން ދާއިރު ހޯލުގެ އިރުމަތީކޮޅުގައި

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ޅ. ނައިފަރު، ޅ. އޮޅުވެލިފުށި، ޅ. ކުރެންދޫ މި 3 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ޅ. އަތޮޅު، މާލެ-2

G02.0.1

8

މާލެ،

މަދަރުސަތުލް އަޙްމަދިއްޔާ އައިމިނާރަނިހިނގުން ދޮރޯށިން ވަދެގެންދާއިރު ހޯލުގެ އުތުރުކޮޅުގައި

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ކ. ކާށިދޫ، ކ. ގާފަރު، ކ. ދިއްފުށި، ކ. ތުލުސްދޫ، ކ. ހުރާ، ކ. ހިންމަފުށި، ކ. ގުޅި، ކ. މާފުށި، ކ. ގުރައިދޫމި 9 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ކ. އަތޮޅު، މާލެ-1

H01.0.1

9

މާލެ،

ޖަމާލުއްދީން ސްކޫލް، ރަށްދެބައިމަގުން ވަދެގެންދާއިރު ހޯލުގެ އުތުރު ކޮޅުގައި

 

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި އދ. ފެންފުށި،  އދ. މާމިގިލި، އދ. މަހިބަދޫ، އދ. ކުނބުރުދޫ، އދ. ހަންޏާމީދޫ، އދ. ދިއްދޫ، އދ. މަންދޫ، އދ. ދިގުރަށް، އދ. ދަނގެތި، އދ. އޮމަދޫ މި 10 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

އދ. އަތޮޅު، މާލެ-1

I01.0.1

10

މާލެ،

ވިލާ ކޮލެޖް ކިޔު. އައި ކެމްޕަސް
ރަށްދެބައި ހިނގުމުގެ ދޮރޯށިން ވަދެގެންދާއިރު ދެކުނުފަރާތު 8 ނަންބަރު ކްލާސްރޫމް ތެރޭގައި

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ލ. ދަނބިދޫ، ލ. އިސްދޫ، ލ. ކަލައިދޫ، ލ. މާބައިދޫ، ލ. ކުނަހަންދޫ، ލ. ހިތަދޫ، ލ. މާވަށް، މި 7 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

 

ލ. އަތޮޅު، މާލެ-1

O01.0.1

11

މާލެ،

ވިލާ ކޮލެޖް ކިޔު. އައި ކެމްޕަސް

އައިމިނާރަނިހިނގުމުން ވަދެގެންދާއިރު
ހޯލުގެ އިރުމަތީ ކޮޅުގައި

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ލ. މުންޑޫ، ލ. ގަން، ލ. ފޮނަދޫ، ލ. ގާދޫ، ލ. މާމެންދޫ މި 5 ރަށުގެ ރައްޔިތުންނާއި، ގަމު ތުނޑީ އަވަށުގެ ޚާއްޞަ ދަފްތަރުގައިވާ (ލ.ކަޅައިދޫ އިން ލ. ގަމަށް ބަދަލު ކުރެއްވިފައިވާ) ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ލ. އަތޮޅު، މާލެ-2

O02.0.1

12

މާލެ،

ކަލާފާނު ސްކޫލް،

މޫނިމާހިނގުން، ދޮރޯށިން ވަންނައިރު އުތުރު ފަރާތު   1D  ކުލާސްރޫމް ތެރޭގައި

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ގދ. ތިނަދޫ، ގދ. މަޑަވެލި، ގދ. ހޯނޑެއްދޫ، ގދ. ނަޑެއްލާ މި 4 ރަށުގެ ރައްޔިތުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ގދ. އަތޮޅު، މާލެ-1

Q01.0.1

13

މާލެ،

އަލް މަދަރުސަތުލް ޢަރައްބިއްޔަތުލް އިސްލާމިއްޔާ

ހޯލުގެ މެދުގައި

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ފުވައްމުލަކުގެ މާލެގަން، މާދަޑު، މިސްކިތްމަގު، ފުނާޑު، ދޫނޑިގަން މި 5 އަވަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ފުވައްމުލަކު ސިޓީ، މާލެ-2

R02.0.1

14

މާލެ،

މަޖީދިއްޔާ ސްކޫލް
މެދުޒިޔާރަތްމަގު، ދޮރޯށިން ވަންނައިރު އުތުރުފަރާތު 1 ނަންބަރު ކްލާސްރޫމްގައި

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި އައްޑޫ ސިޓީ މަރަދޫ ، އައްޑޫ ސިޓީ މީދޫ، އައްޑޫސިޓީ މަރަދޫފޭދޫ، މި 3 އަވަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

އައްޑޫ ސިޓީ، މާލެ-3

S03.0.1

15

މާލެ،

މަޖީދިއްޔާ ސްކޫލް
މެދުޒިޔާރަތްމަގު، ދޮރޯށިން ވަންނައިރު އުތުރުފަރާތު 2 ނަންބަރު ކްލާސްރޫމްގައި

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި އައްޑޫ ސިޓީ ހިތަދޫގެ ރަޖިސްޓަރީގައިވާ މީހުންގެ ތެރެއިން، މި ފޮށްޓަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

އައްޑޫ ސިޓީ، މާލެ-4

S04.0.1

16

ހުޅުމާލެ،

 ޣާޒީ ސްކޫލް،

 ބޮޑު ދޮރާށިން ވަންނައިރު، ކޮމަން ރޫމް

 

މި ފޮށްޓަށް ވޯޓުލާނީ ހުޅުމާލޭގައި ދިރިއުޅޭ ނ، ރ، ބ، ޅ، ކ، އއ، އދ މި 7 އަތޮޅުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

 

 

 

ހުޅުމާލެ، އެހެނިހެން-2

 

 

YT.0.2

17

ހުޅުމާލެ،

ރެހެންދި ސްކޫލް،

 ހޯލުގެ އިރުމަތީފަރާތުގައި

 

މި ފޮށްޓަށް ވޯޓުލާނީ ހުޅުމާލޭގައި ދިރިއުޅޭ ވ، މ، ފ، ދ، ތ، މި 5 އަތޮޅުގެ ރައްޔިތުންނާއި، ހުޅުމާލޭގައި ދިރިއުޅޭ ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

 

 

ހުޅުމާލެ، އެހެނިހެން-4

 

YT.0.4

18

ވިލިނގިލި،

މުހިއްޔިއްދީން ސްކޫލް، އަޝްކަރީހިނގުން ދޮރޯށިން  ވަދެގެން ދާއިރު ހޯލުގެ މެދުގައި

 

މި ފޮށްޓަށް ވޯޓުލާނީ ވިލިމާލޭގައި ދިރިއުޅޭ ހއ، ހދ، ށ، ނ، ރ، ބ، ޅ، ކ، އއ، އދ މި 10 އަތޮޅުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

 

ވިލިމާލެ، އެހެނިހެން-1

YT.0.7

19

ވިލިނގިލި،

ސެންޓަރ ފޯރ މެރިޓައިމް ސްޓަޑީޒް،

 ކްލާސް ރޫމް 1

 

ވ، މ، ފ، ދ، ތ، ލ، ގއ، ގދ، މި 8 އަތޮޅުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

 

ވިލިމާލެ، އެހެނިހެން-3

 

YT.0.9

 

20

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

15 ޖުމާދުލްއާޚިރާ 1438

14 މާރިޗު 2017