Election Commission of Maldives

ޓެކްސީ ކުއްޔަށްހިފުމަށް ބޭނުންވެއްޖެ

15 މާޗް 2017, 12:00 އިއުލާން

ނަންބަރ:(A)AB-2017/114

ޓެކްސީ ކުއްޔަށްހިފުމަށް ބޭނުންވެއްޖެ

އިޢުލާނު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އާއި ގުޅިގެން، ޓެކްސީ ކުއްޔަށް ހިފުމަށްކޮށްފައިވާ ނަންބަރު 208(A)AB-2016/ (16 ނޮވެންބަރ 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބާޠިލްވާނެކަމަށް ބުނެފައިވާ މުއްދަތު ހަމަވެފައިވާތީ، އެ އަންދާސީ ހިސާބުތައް ބާޠިލްކޮށް ޓެކްސީ ކުއްޔަށް ދޫކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

 ތަފްސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

20 މާރިޗު 2017

ހޯމަ

14:00

އަންދާސީ ހިސާބު ހުށަހެޅުން

23 މާރިޗު 2017

ބުރާސްފަތި

14:00

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3004428 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.  

16 ޖުމާދަލްއާޚިރާ 1438

 15 މާރިޗު 2017