Election Commission of Maldives

ސުވައިން ފުލޫއާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ މާބަނޑު މުވައްޒަފުންނަށް ޗުއްޓީ ދިނުމަށް ކޮމިޝަނުން ނިންމައިފި

16 މާޗް 2017, 12:00 ޚަބަރު

ނަންބަރު:23/NR)BA-2017)

ސުވައިން ފުލޫއާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ މާބަނޑު މުވައްޒަފުންނަށް ޗުއްޓީ ދިނުމަށް ކޮމިޝަނުން ނިންމައިފި

    ރާއްޖޭގައި ހަލުވިކަމާއެކު އެޗް.ވަން އެން.ވަން ސްވައިން ފުލޫ ފެތުރެމުންދިއުމާއި ގުޅިގެން މި ކޮމިޝަނުގައި މަސައްކަތްކުރާ މާބަނޑު އަންހެން މުވައްޒަފުންނަށް ޗުއްޓީ ދިނުމަށް ނިންމައިފިއެވެ.

   މި ކޮމިޝަނުނުން މިއަދު ނިންމާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 23 ގެ ނިޔަލަށް މި ކޮމިޝަނުގައި މަސައްކަތްކުރާ ވަގުތީ އަދި ދާއިމީ މާބަނޑު އަންހެން މުވައްޒަފުންނަށް ހާއްޞަ ޗުއްޓީއެއް ދިނުމަށެވެ. އަދި ހަމަ އެއާއިއެކު ޤައުމުގެ މި ހާލަތު ރަނގަޅު ހާލަތަކަށް ބަދަލު ނުވާނަމަ އެޗް.ޕީ.އޭ އިން ވަކި ގޮތަކަށް އަންގަންދެން ޗުއްޓީ އިތުރު ކުރުމަށްވެސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މިކަމާ ގުޅިގެން މާބަނޑު މުވައްޒަފުންނަށް ހާއްޞަ ޗުއްޓީއެއް ދިންނަމަވެސް އެ މުވައްޒަފުންނަށް ހައްޤުވާ އެހެން އެއްވެސް ޗުއްޓީއަކުން އެ ދުވަސްތަށް އުނި ނުވާނެއެވެ. 

  މި ކޮމިޝަނުގެ މާބަނޑު އަންހެން މުވައްޒަފުންނަށް ޗުއްޓީ ދިނުމަށް ނިންމާފައިވަނީ، މާބަނޑު އަންހެނުނަށް ސްވައިން ފުލޫ ޖެހިއްޖެ ނަމަ ސީރިއަސް ހާލަތަށް ދިއުމުގެ ނުރައްކާ ބޮޑުކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން ލަފާދީފައިވާތީއެވެ.

16 މާރިޗު 2017