Election Commission of Maldives

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ ކެންޑިޑޭޓުންގެ މަންދޫބަންނަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރަން ނިންމައިފި

16 މާޗް 2017, 12:00 ޚަބަރު

ނަންބަރު:24/NR)BA-2017)

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ ކެންޑިޑޭޓުންގެ މަންދޫބަންނަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރަން ނިންމައިފި

2017 އެޕްރީލް 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުނެގުން އޮންނަ ދުވަހު، ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ކެންޑިޑޭޓުގެ މަންދޫބަކަށް ވުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު 2017 މާރިޗު 21 ވާ އަންގާރަ ދުވަހުގެ ހަވީރު 16:00 އާ ހަމައަށް އިތުރުކުމަށް މި ކޮމިޝަނުން ނިންމައިފިއެވެ.

 ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ބެލުމަށް ކެންޑިޑޭޓުން ޢައްޔަންކުރާ މަންދޫބުންނަށް ވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މަންދޫބަކަށް ވުމަށް އެދޭ ފޯމު ހުށަހަޅުއްވާނީ އޮންލައިންކޮށް (http://forms.elections.gov.mv) ނުވަތަ މާލޭގައިނަމަ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީނު) ގެ ރިސެޕްޝަނަށް، އަތޮޅުތަކުގައިނަމަ އެ އަތޮޅެއްގެ އަތޮޅު ފޯކަލް ފޮއިންޓަށް ނުވަތަ އެ ރަށެއްގެ ފޯކަލް ޕޮއިންޓަށް އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އިން ނަމަ، އެ ސިޓީ އެއްގެ އަވަށު އޮފީހުގައި ހުންނަ ފޯކަލް ޕޮއިންޓަށެވެ. 

16 މާރިޗު 2017