Election Commission of Maldives

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017ގެ ވޯޓުލާ ތާރީޚް ބަދަލުވުން

18 މާޗް 2017, 12:00 އިއުލާން

ނަންބަރު: (A)CA-2017/116

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017ގެ ވޯޓުލާ ތާރީޚް ބަދަލުވުން

މި ކޮމިޝަނުގެ ނަންބަރު A)CA-2017/22) (01 ފެބުރުވަރީ 2017) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ. ޙަވާލާދެވުނު އިޢުލާނުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އެޕްރީލް 15 ގައި ބޭއްވުމަށް އިޢުލާން ކޮށްފައިވަނިކޮށް، ދިވެހިރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ އިންފުލުއެންޒާ ރޯގާގެ ސަބަބުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (ޢެޗް.ޕީ.އޭ) އިން ދީފައިވާ ލަފާއަށް ރިޢާޔަތްކޮށް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 މެއި 06 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.

މިބަދަލާ ގުޅިގެން ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓް އަލުން އެކުލަވާލާ ޢާންމު ކުރެވި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވޭނެއެވެ. އަދި މީގެ ކުރިން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާނަމަ، ރީ-ރަޖިސްޓަރ ކުރަން ހުޅުވާލި މުއްދަތުގައި ރީ-ރަޖިސްޓަރ ކޮށްފައިވާ ތަން ބަދަލުވާނަމަ، ނުވަތަ ރީ-ރަޖިސްޓަރ ނުވެހުރި ފަރާތްތަކުން ރީ-ރަޖިސްޓަރ ވާން އިތުރު ފުރުޞަތެއް ހުޅުވާލެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

19 ޖުމާދަލްއާޙިރާ 1438

       18 މާރިޗު 2017