Election Commission of Maldives

2017 އޭޕްރީލް 15 ގައި ބޭއްވުމަށް އިޢުލާނުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 މެއި 06 އަށް ފަސްކޮށްފި

17 މާޗް 2017, 12:00 ޚަބަރު

2017 އޭޕްރީލް 15 ގައި ބޭއްވުމަށް އިޢުލާނުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 މެއި 06 އަށް ފަސްކޮށްފި.

މި ކޮމިޝަނުގެ ނަންބަރު (A)CA-2017/7 (01 ފެބުރުވަރީ 2017) އިޢުލާނުން 2017 އެޕްރީލް 15 ވަނަ ދުވަހު ބޭއްވުމަށް އިޢުލާނުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 މެއި 06 އަށް ފަސްކޮށްފިއެވެ.

   މިގޮތަށް މި ކޮމިޝަނުނުން ނިންމާފައިވަނީ ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ސްވައިން ފުލޫގެ ސަބަބުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން މިކަމަށް ލަފާދީފައިވާތީއެވެ. ހަމައެއާއެކު ގައުމީ ލަފާދޭ ކޮމިޓީގެ މަޝްވަރާވެސް ހޯދުމަށްފަހުގައެވެ. 

17 މާރިޗު 2017