Election Commission of Maldives

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ ކެންޑިޑޭޓުގެ މަންދޫބަކަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

21 މާޗް 2017, 12:00 އިއުލާން

ނަންބަރު: (A)DA-2017/118

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ ކެންޑިޑޭޓުގެ މަންދޫބަކަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

2017 މެއި 06 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުނެގުން އޮންނަ ދުވަހު، ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ކެންޑިޑޭޓުގެ މަންދޫބަކަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށް 2017 މާރިޗް 16 ވީ ބުރާސްފަތި ދުވަހު ކުރެވިފައިވާ މިކޮމިޝަނުގެ ނަންބަރު:(A)DA-2017/115 އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

މި އިޢުލާނުގައިވާ ގޮތުގެ މަތިން މިއިންތިޚާބުގެ ކެންޑިޑޭޓުގެ މަންދޫބަކަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު، 2017 އެޕްރީލް 08 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އާ ހަމައަށް އިތުރުކޮށްފީމެވެ.

   ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ބެލުމަށް ކެންޑިޑޭޓުން ޢައްޔަންކުރާ މަންދޫބުންނަށް ވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކުރިމަތިލުމަށް ފޯމު ހުށަހަޅުއްވާނީ އޮންލައިންކޮށް ނުވަތަ ތިރީގައި މިދަންނަވާ ތަންތަނަށެވެ.

  • މާލޭގައިނަމަ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީނު) ގެ ރިސެޕްޝަނަށެވެ.
  • އަތޮޅުތަކުގައިނަމަ އެ އަތޮޅެއްގެ އަތޮޅު ފޯކަލް ފޮއިންޓަށް ނުވަތަ އެ ރަށެއްގެ ފޯކަލް ޕޮއިންޓަށެވެ.
  • އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އިން ނަމަ، އެ ސިޓީ އެއްގެ އަވަށު އޮފީހުގައި ހުންނަ ފޯކަލް ޕޮއިންޓަށެވެ.

ސިޓީ/އަތޮޅު/ރަށު ކައުންސިލް އިދާރާތައް އަދި މާލޭގެ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) އިން ފޯމު ބަލައިގަންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:300 އިން ހަވީރު 03:00 އަށެވެ. އަދި ކޮންމެ ހޮނިހިރު ދުވަހެއްގައި ހެނދުނު 10:00 އިން ހަވީރު 04:00 އަށެވެ. މި މުއްދަތުގެ ތެރޭގައި ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ނުވާކަމުގައި ދަންނަވަމެވެ.

އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ހުށަހަޅުއްވާނީ http://forms.elections.gov.mv މިލިންކު މެދުވެރިކޮށެވެ. އެޕްލިކޭޝަން ފޯމު ހުށަހަޅާނޭ ގޮތުގެ އުޞޫލު މިލިންކުން ފެންނަން ހުންނާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ޖުމާދަލްއާޚިރާ  1438

21 މާރިޗް       2017