Election Commission of Maldives

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގައި ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ތަމްރީނުކުރުމަށް ބޭނުންވާ ޓްރެއިނަރުން ހޯދުމާ ގުޅޭ

26 މާޗް 2017, 12:00 އިއުލާން

ނަންބަރު(A)AC-2017/120:

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގައި ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ތަމްރީނުކުރުމަށް ބޭނުންވާ ޓްރެއިނަރުން ހޯދުމާ ގުޅޭ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން އަތޮޅުތެރެއާއި މާލޭގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންނަށް ތަމްރީނު ހިންގުމަށް ޓްރެއިނަރުންގެ ގޮތުގައި އިތުރު ބެޗެއް ތަމްރީނު ކުރުމަށް ބޭނުންވެއެވެ. މިގޮތުން ޓްރެއިނަރުންގެ ގޮތުގައި ކުރިމަތިލައި، ހޮވޭ ފަރާތްތަކަށް 2017 އެޕްރީލް 08 އިން 14 އަށް މާލޭގައި ޓްރެއިނިންގ ސެޝަންތައް (ޓީ.އޯ.ޓީ ޕްރޮގުރާމެއް) ހިންގޭނެއެވެ. އަދި 2017 އެޕްރީލް  22 އިން 2017 މެއި 02 ގެ ނިލަޔަށް މިޓްރެއިނަރުން މާލެއާއި އަތޮޅުތަކުގައި ޓްރެއިނިންގ ޕްރޮގްރާމް ހިންގުމުގައި ހަރަކާތްތެރިވާނެއެވެ. މި ތަމްރީނު ޕްރޮގުރާމްތަކަށް ކުރަންޖެހޭ އެންމެހައި ޚަރަދުތައް ކުރާނީ އިލެކްޝަންސް ކޮމިޝަނުންއެވެ.

  • ޓްރެއިނަރުން ބޭނުންވާ އަދަދު: 40 (ސާޅީސް)

މި ޕްރޮގުރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފާރަތްތަކަށް ފުރުޞަތު ދިނުމުގައި މާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް އިސްކަންދެވެނޭއެވެ.

މި ޓްރެއިނިންގ ފުރިހަމަ ކުރައްވާ ފަރާތްތައް މި ކޮމިޝަނާއެކު އިޤްރާރުކުރެވި، އަތޮޅުތެރޭގައިއާ މާލޭގައި ޓްރެއިނިންގ ހިންގާ ކޮންމެ ދުވަހަކަށް -/700 (ހަތް ސަތޭކަ) ރުފިޔާގެ ރޭޓުން އުޖޫރަ ދެވޭނެއެވެ. އަދި މާލޭގައި ހިންގާ ޓްރެއިނިންގ (ޓީ.އޯ.ޓީ ޕްރޮގުރާމް) ފުރިހަމަކުރުމުން -/1800 (އެއްހާސް އަށް ސަތޭކަ) ރުފިޔާގެ އެލަވަންސެއް ދެވޭނެއެވެ. މި އެލަވަންސް ދެވޭނީ ޓީ.އޯ.ޓީ ފުރިހަމަކުރުމަށްފަހު އޮފިޝަލުންގެ ތަމްރީނު ނިމުމުން އުޖޫރައާއެކުއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ސިޓީއާއެކު އެފަރާތުގެ ވަނަވަރު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ތަޢުލީމީ ސަނަދުތަކުގެ ކޮޕީ، އަދި ތަޖުރިބާ ސާބިތުކޮށްދިނުމަށް ބޭނުންވާ ލިޔުންތަކާއެކު، 2017 އެޕްރީލް 01 ގެ 15:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ކޮމިޝަނަށް ފޮނުވާ ސިޓީއާއި ލިޔުންތަށް ފޮނުވާނީ [email protected] އަށެވެ. ޓްރެއިނަރުން ހޮވުމުގައި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަންނުގެ ބޭފުޅުންނާއި ވޭތުވެދިޔަ އިންތިޚާބުތަކުގައި އެކި މަސައްކަތްތަކުގައި ޙަރަކާތްތެރިވެ ތަޖުރިބާ ލިބިފައިވާ ބޭފުޅުންނަށް އިސްކަންދެވޭނެއެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް:-

  • އިންތިޚާބަށް ތަމްރީނުކުރަންޖެހޭ އެކި ފަރާތްތައް ތަމްރީނު ކުރެވޭނެ ފެންވަރުހުރުމާއެކު މަސައްކަތާގުޅޭ ދާއިރާއިން ސެޓްފިކެޓް ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލުކޮށްފައިވުން ނުވަތަ
  • ކިޔަވައި ދިނުމާއި، ތަމްރީނު ދިނުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން ނުވަތަ
  • ވޭތުވެ ދިޔަ އިންތިޚާބުތަކުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 

27 ޖުމާދަލްއާޚިރާ  1438

    26 މާރިޗު 2017