Election Commission of Maldives

މޯބައިލް ސްޓޭޝަންތަކުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުން

27 މާޗް 2017, 12:00 އިއުލާން

ނަންބަރު:(A)EA-2017/122

އިޢުލާން

މޯބައިލް ސްޓޭޝަންތަކުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރުން

2017 މެއި 06 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ހުޅުމާލެ އަދި ވިލިގިލީގައި ރަޖިސްޓަރީވުމުގެ ފުރުޞަތު 2017 މާރިޗު 28 ވާ އަންގާރަ ދުވަހުން ފެށިގެން 2017 އެޕްރީލް 01 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުވާލައިފީމެވެ.

މިމުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ މިހާރު ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓަރީވެފައިވާ ތަން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކާއި އަދި ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށަކަށް ނުވަތަ ތަނަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަންޏެވެ.

މިހާރު ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން، އަދި އެސް.އެމް.އެސް (VR (Space) IDNO Send to 1414) ގެ ޒަރިއްޔާއިން ޗެކްކުރެވޭނެއެވެ.  

ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ "ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. މި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހުޅުމާލޭގައިނަމަ، ހުޅުމާލެ ފެރީ ޓާމިނަލުގައި އަދި ވިލިގިލީގައިނަމަ ވިލިގިލި ފެރީ ޓާމިނަލްގައި ގާއިމް ކުރެވިފައިވާ ސްޓޭޝަންތަކުންނެވެ. އަދި މިފޯމު ކޮމިޝަނުގެ ވެބްސައިޓް(www.elections.gov.mv)  އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެވެ. އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަންވާނެއެވެ. ފޯމު ބަލައިގަނެވޭނީ އެފޯމު ހިފައިގެން އަންނަ މީހާ އެފޯމަށް ޒިންމާވާ ގޮތަށެވެ. އީމެއިލް ނުވަތަ ފެކުހުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައެއްނުގަނެވޭނެއެވެ.

މޯބައިލް ސްޓޭޝަންތަކުގައި ފޯމު ބަލައިގަތުން އޮންނާނީ 2017 މާރިޗު 28 ވާ އަންގާރަ ދުވަހުން ފެށިގެން 2017 އެޕްރީލް 01 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ހަވީރު :0004 އަށެވެ. ބަންދު ދުވަސްތަކުގައި ފޯމު ބަލައިގަތުން އޮންނާނީ ހެނދުނު 10:00 އިން މެންދުރު ފަހު 02:00 އަށެވެ. އަދި ހުކުރު ދުވަހު ފޯމު ބަލައިގަތުން އޮންނާނީ މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

28  ޖުމާދަލްއާޚިރާ  1438

27  މާރިޗު      2017