Election Commission of Maldives

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017، ކެންޑިޑޭޓުންގެ ކެންޑިޑެންސީ ބާޠިލް ކުރުން

29 މާޗް 2017, 12:00 އިއުލާން

ނަންބަރު:(A)CA-2017/126

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017، ކެންޑިޑޭޓުންގެ ކެންޑިޑެންސީ ބާޠިލް ކުރުން

ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) އަށް ގެނެވުނު 3 ވަނަ އިޞްލާޙަށް ރިޢާޔަތްކޮށް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓް ހޯދުމަށްޓަކައި، ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކުރުމަށްފަހު، އެހެން ޙައިސިއްޔަތަކުން ކުރިމަތިނުލެވޭނެކަމަށް ބަޔާންކޮށްފައިވާތީ، ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-E/05 އަދި 2017/SC-E/04 ޤަޟިއްޔާއިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ތިރީގައިވާ 2 (ދޭއް) ކެންޑިޑޭޓުންގެ ކެންޑިޑަންސީ ބާޠިލް ކޮށްފައިވާ ވާހަކަ ދެންނެވީމެވެ.

ނ. ލަންދޫ ކައުންސިލް

ކެންޑިޑޭޓް ނަންބަރު

ފުރިހަމަ ނަން

ދާއިމީ އެޑްރެސް

ރަސްމީ ލިޔެކިއުން ފޮނުވާ އެޑްރެސް

ވާދަކުރާ ހައިސިއްޔަތު

6

ފަރީދާ  ޢުމަރު

ރިލެކްސް / ނ. ލަންދޫ

މ. ކުނޫޒް / މާލެ

ޖުމްހޫރީ ޕާޓީ

 

ގއ. ވިލިނގިލި ކައުންސިލް

ކެންޑިޑޭޓް ނަންބަރ

ފުރިހަމަ ނަން

ދާއިމީ އެޑްރެސް

ރަސްމީ ލިޔެކިއުން ފޮނުވާ އެޑްރެސް

ވާދަކުރާ ހައިސިއްޔަތު

11

ޢިމްރާން  އަންވަރު

ކޯޒީވިލާ / ގއ. ވިލިނގިލި

މ. ކުނޫޒް / މާލެ

ޖުމްހޫރީ ޕާޓީ

         ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

01 ރަޖަބު 1438

29 މާރިޗު 2017