Election Commission of Maldives

އެއަރކޮންޑިޝަނަރ ހޯދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

02 އޭޕްރީލް 2017, 12:00 އިއުލާން

 ނަންބަރ:(A)AB-2017/128

އެއަރކޮންޑިޝަނަރ ހޯދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާނު

މި ކޮމިޝަނުންދޭ މަޢުލޫމާތާއި އެއްގޮތަށް އެއަރކޮންޑިޝަންތަކެއް ހޯދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (A)AB-2017/065 (19 ފެބްރުއަރީ 2017) އިޢުލާނާއި ގުޅިގެން ދީފައިވާ މަޢުލޫމާތު ކަރުދާހުގައި ބައެއް މަޢުލޫމާތު ހިމެނިފައި ނުވާތީ އިޢުލާނާއި، އިޢުލާނާއެކު ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބާޠިލުކޮށް މި ތަކެތި ހޯދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ގަޑި

ދުވަސް

ތާރީޚް

ތަފްސީލް

14:00

އަންގާރަ

11 އޭޕްރީލް 2017

މަޢުލޫމާތު ސާފުކުރުން

14:00

އާދީއްތަ

16 އޭޕްރީލް 2017

އަންދާސީ ހިސާބު ހުށަހެޅުން

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3004428 ނަންބަރު ފޯނާއެވެ. އަދި އީމެއިލް  ކުރައްވާނީ [email protected] އަށެވެ. 

05 ރަޖަބު 1438

02 އޭޕްރިލް 2017