Election Commission of Maldives

ކ.ތިލަފުށީގައި އަލުން ވޯޓުފޮށި ބެހެއްޓުމާއި ގުޅޭ

03 އޭޕްރީލް 2017, 12:00 އިއުލާން

ނަންބަރު:(A)CA-2017/129

އިޢުލާން

ކ.ތިލަފުށީގައި އަލުން ވޯޓުފޮށި ބެހެއްޓުމާއި ގުޅޭ

       މިކޮމިޝަނުގެ ނަންބަރު ((A)CA-2017/111) އިޢުލާނާއި ހަވާލާދީ ދަންނަވެމެވެ.

      ޙަވާލާ ދީފައިވާ އިޢުލާންގައިވާ ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓުފޮށިތަކުގެ ތެރެއިން ކ. ތިލަފުށީގައި ވޯޓުފޮށި ނުބެހެއްޓުމަށް އިޢުލާން ކުރެވިފައި ވީނަމަވެސް، މިހާރު ކ. ތިލަފުށީގައި ވޯޓުފޮށި ބެހެއްޓުމަށް މި ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ވޯޓުފޮށީގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

   ވޯޓުފޮށި ބަހައްޓާ ރަށް/ތަން   

         ވޯޓުލާ ސަރަހައްދު

 ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

ކ. ތިލަފުށި

އެމް.އާރު.ޑީ.ސީ ސައިޓް

މި ފޮށްޓަށް ވޯޓުލާނީ ތިލަފުށީގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުން.

ތިލަފުށި -1

V01.1.1

1

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

06 ރަޖަބު 1438

03 އެޕްރީލް 2017