Election Commission of Maldives

"ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017" ގައި ވޯޓުލާ މަރުކަޒުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމާ ބެހޭ

10 އޭޕްރީލް 2017, 12:00 އިއުލާން

(A)AC-2017/131:ނަންބަރު

އިޢުލާން

"ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017" ގައި ވޯޓުލާ މަރުކަޒުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމާ ބެހޭ

06 މެއި 2017 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރާއްޖެއިންބޭރާއި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި، ޤާއިމުކުރެވޭ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނޭ އޮފިޝަލުން ހޯދުމަށް މިކޮމިޝަނުން ކުރި އިއުލާން ނަންބަރު(A) AC-2017/119: އާ ގުޅިގެން ބޭނުންވާ އަދަދަށް އޮފިޝަލުން ލިބިފައިނުވާތީ، އޮފިޝަލުން ހޯދުމަށް އިއުލާން ކުރަމެވެ.

ވީމާ، މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށް މިކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމު އޮންލައިންކޮށް ފުރިހަމަ ކުރެއްވުމަށްފަހު، އެ ބޭފުޅެއްގެ ޕާސްޕޯޓް ސައިޒްގެ ފޮޓޯ، އައިޑީ ކާޑުގެ މުއްދަތު ހަމަނުވާ ކޮޕީއަކާއެކު، 20 އޭޕްރިލް 2017 ވާ ބުރާސްފަތި ދުވަހުގެ ކުރިން،  http://forms.elections.gov.mv މިލިންކު މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އޮންލައިންކޮށް އެޕްލިކޭޝަން ހުށަނޭޅޭ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ފޯމު ހުށަހެޅިދާނެއެވެ. އަތޮޅުތެރޭގައިނަމަ އޮންލައިންކޮށް އެޕްލިކޭޝަން ހުށަނޭޅުއްވޭ ފަރާތްތައް ސިޓީ/އަވަށު/އަތޮޅު/ރަށު ކައުންސިލްގެ އިދާރާތައް މެދުވެރިކޮށް ފޯމު ހުށަހެޅުއްވުން އެދެމެވެ.

        ޝަރުތު:

  1. ޢުމުރުން 18 އަހަރާ 65 އަހާރާ ދެމެދުގެ މީހެއްކަމުގައިވުން
  2. އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސްމަޤާމެއް ފުރަމުން ގެންދާ ނުވަތަ ސިޔާސީ ޕާޓީއެއްގެ ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކަށް ނުވުން.
  3. ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން.
  4. އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުން.
  5. ޞިއްޚީ ގޮތުން މިފަދަ މަސައްކަތަކަށް ޤާބިލް މީހުން ކަމުގައިވުން

އުޖޫރަ:

ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ 1300/-ރ (އެއްހާސް ތިންސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.

ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ 1000/-ރ (އެއްހާސް ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.

 

އޮފިޝަލުންގެގޮތުގައި ޙަރަކާތްތެރިވާ އެނޫންފަރާތްތަކަށް 800/-ރ (އައްސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.

ރިސާރވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ -/600ރ (ހަސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.

އަދި ކަނޑައެޅިފައިވާ އުޞޫލުން ވޯޓުލާދުވަހު ކެއުމާއި ސަޔަށްވާ ފައިސާ ދެވޭނެ. މިފައިސާ ދެވޭނީ ވޯޓުލައި ނިމުމުން މަސައްކަތްކުރި އުޖޫރައާއެކުގައި.

މީގެ އިތުރުން ވޯޓުލުން އޮންނަ ދުވަހުގެ ދަންވަރު 12:00ގެ ފަހުން މަސައްކަތްކުރައްވަން ޖެހޭނަމަ، މަސައްކަތުގައި ހޭދަވާ ކޮންމެ ގަޑި އިރަކަށް ވެރިޔާއަށް -/100ރ، އެހީތެރިޔާއަށް –/75ރ (ހައްދިހަ ފަސް ރުފިޔާ) އަދި އެހެން އޮފިޝަލުންނަށް -/50ރ (ފަންސާސް ރުފިޔާ) ރުފިޔާގެ ރޭޓުން އުޖޫރަ ދެވޭނެއެވެ.

 

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މިމަސައްކަތަށް ޚާއްސަކޮށްގެން ހިންގޭ 1 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. މި ތަމްރީނު ފުރިހަމަނުކުރައްވާ ފަރާތްތަކަށް އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅި ނަމަވެސް ފުރުޞަތު ނުދެވޭނެއެވެ.

  • މި ތަމްރީނުތައް އޮންނާނީ 22 އޭޕްރިލް 2017 އާއި 2 މެއި 2017 އާއި ދެމެދުގެ ތާރީޚެއްގައެވެ.
  • ޢާންމުގޮތެއްގައި ތަމްރީނުތައް އޮންނާނީ ރަސްމީދުވަސް ދުވަހާއި ހުކުރުދުވަހު މެންދުރު ފަހާއި ރޭގަނޑުގެ ވަގުތުތަކާއި އަދި ހޮނިހިރު ދުވަސްތަކުގައި ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައެވެ.

އޮފިޝަލަކަށްވުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ފުރުޞަތު ދެވޭނީ ތަޢުލީމާއި ތަޖުރިބާ އަދި އިންތިޚާބުގެ މަސައްކަތުގައި އުޅެ ލިބިފައިވާ ތަޖުރިބާތަކަށް، ކަނޑައެޅިފައިވާ މިންގަނޑުން މާކްސް ދީގެންނެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި 3 އިންތިޚާބުގައި އެއްވެސް ސަބަބަކާހުރެ ކޮމިޝަނުން އެފަރާތްތަކަށް އިތުބާރު ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ އެއްވެސް ފަރާތަކަށް މަތިން މާކްސް ލިބުނު ކަމުގައިވީނަމަވެސް އޮފިޝަލަކަށް ވުމަށް ފުރުޞަތެއް ނުދެވޭނެއެވެ. 

ޢިއުލާނުގައި ކަނޑައަޅާފައިވާ ސުންގަޑި ހަމަވާ ފަހުން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ފުރުޞަތު ދެވޭނީ، ކުރިން އެޕްލައިކޮށްފައިވާ ފަރާތްތަކަށް ފުރުޞަތު ދިނުމަށްފަހުގައެވެ.

އޮބްޒާވަރ، މޮނިޓަރ، އަދި ކެންޑިޑޭޓުގެ މަންދޫބެއްގެ ގޮތުގައި ކުރިމަތިލާފައިވާ ފަރާތަކުން އޮފިޝަލަކަށް ކުރިމަތިލާފައި ވީނަމަވެސް، އޮބްޒާވަރ، މޮނިޓަރ އަދި މަންދޫބު ފާސް އެފަރާތަށް ދޫކުރެވޭ ހިސާބުން އޮފިޝަލްކަމުން ވަކިކުރެވޭނެއެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  • މުއްދަތު ހަމަނުވާ އައި.ޑީކާޑުގެ ކޮޕީ.
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯ.
  • ލިބިފައިވާ  ސަނަދުތަކުން އެންމެމަތީ ސަނަދުގެ ކޮޕީ.

ނޯޓް:

  • މި އިއުލާންގައި ފޯމުހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚް އޮތްކަމުގައިވިއަސް ބޭނުންވާ އަދަދަށް މަސައްކަތަށް އެކަށޭނެ މީހުން ނުލިބޭނަމަ، މީހުން ހަމަވަންދެން އެޕްލިކޭޝަން ފޯމު ބަލައިގަންނާނެވާހަކަ ދެންނެވީމެވެ.
  • މި އިޢުލާނުގެ ދަށުން އޮންލައިންގެ ޒަރިއްޔާއިން ނޫނަސް ފޯމު ބަލައިގަންނަމުން ދާނެއެވެ. މިގޮތުން މިއިންތިޚާބުގެ އޮފިޝަލަކަށް ވުމަށް އެދި ހުށަހަޅާ ފޯމު ފުރުއްވުމަށްފަހު މިކޮމިޝަނުގެ އިދާރާއަށް ނުވަތަ ރަށް/ އަވަށް/ އަތޮޅު/ ސިޓީ ފޯކަލް ޕޮއިންޓަށް ހުށަހެޅުއްވުމުން ފޯމު ބަލައިގަންނާނެއެވެ.
  •  އޮފިޝަލަކަށްވުމަށް އެދޭ ފޯމު އިލެކްޝަންސް ކޮމިޝަނުގެ އިދާރާއިންނާއި އަވަށު އޮފީސްތަކުން ލިބެންހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

13 ރަޖަބު  1438

10 އޭޕްރިލް 2017