Election Commission of Maldives

ވޯޓުދިނުމުގެ ޙައްގު ލިބިގެންވާ މީހުންގެ ލިސްޓު ތަކުގައި ކެންޑިޑޭޓުން ސޮއި ކުރުން

12th އޭޕްރީލް 2017, 12:00 އިއުލާން

ނަންބަރު:(A)EA-2017/135

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017

ވޯޓުދިނުމުގެ ޙައްގު ލިބިގެންވާ މީހުންގެ ލިސްޓު ތަކުގައި ކެންޑިޑޭޓުން ސޮއި ކުރުން

 06                   މެއި 2017 ގައި ބޭއްވުމަށް ހަމަޖެހިފައިވެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުޞަތު 16 އެޕްރީލް 2017 އިން 18 އެޕްރީލް 2017 ގެ ނިޔަލަށް ހުޅުވާލައިފީމެވެ.

                   ކެންޑިޑޭޓުން ސޮއި ކުރުމަށް ހަމަޖެހިފައިވަނީ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) ގައި، ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ރޭގަނޑު 22:00 އަށެވެ.

                   ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި އައިޑީކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއަކާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. ސިޔާސީ ޕާޓީއަކުން ތަމްސީލުކުރާ ކެންޑިޑޭޓެއްގެ ފަރާތުން، އެޕާޓީއަކުން އައްޔަންކުރައްވާ ފަރާތް ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ޕާޓީގެ ތައްގަނޑު ޖެހި ސިޓީއެއް ގެންނަންވާނެއެވެ. ރަޖިސްޓަރީގައި ސޮއިކުރަން ވަޑައިގަންނަވާ ފަރާތެއްގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ އަސްލު އަދި އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް ގެންނަންވާނެއެވެ.

                  މަތީގައި ދެންނެވިފައިވާ ގޮތަށް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކޮށްދެއްވުމަށް ވަޑައިގަތުމަށް ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

15 ރަޖަބު   1438

12 އެޕްރީލް  2017