Election Commission of Maldives

ވަޒީފާގެ ފުރުޞަތު - ޕްރޮޓޮކޯލް އޮފިސަރ

18 އޭޕްރީލް 2017, 12:00 އިއުލާން

ނަންބަރު: (A) AC-2017/139

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މަޤާމް:

ޕްރޮޓޮކޯލް އޮފިސަރ

ބޭނުންވާ އަދަދު:

05  (ފަހެއް)

މަސައްކަތް ކުރަންޖެހޭތަން:

އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ތަނެއްގައި

އުޖޫރަ:

މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/800 ރުފިޔާ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

މަސައްކަތުގެ މުއްދަތު:

08 (އަށެއް) ދުވަސް (މުވައްޒަފުގެ ޚިދުމަތް ކޮމިޝަނަށް އިތުރަށްބޭނުންވާނަމަ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.)

މަސައްކަތުގެ ވަގުތު:

މަސައްކަތް ހަވާލުކުރާ ދުވަހުން ފެށިގެން މަސައްކަތް ނިމެންދެން ދެފަރާތުން އެއްބަސްވާ ގަޑިތައް

ފެންވަރު ނުވަތަ ޝަރުޠު:

 1. މަސައްކަތާއި ގުޅޭ ދާއިރާއަކުން/ ހިންގުމުގެ ދާއިރާއަކުން ލެވެލް 05 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
 2. މަޤާމާ ގުޅުންހުރި ދާއިރާއަކުން/މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.
 3. އިނގިރޭސިބަހުން ފަރިތަކަމާއެކު މުއާމަލާތްކުރުމުގެ ޤާބިލްކަން ހުރުން. ( އިތުރު ބަހެއް އެގޭނަމަ އިތުރު އެޑްވާންޓޭޖަކަށް ވާނެއެވެ.)
 4. ސިޔާސީ ކަންތައްތަކުގައި އިސްވެއުޅޭ/އެފަދަ ކަންކަމުގައި ބައިވެރިވެ އުޅޭ ފަރާތެއް ކަމުގައި ނުވުން.

 

އެހެނިހެން ޝަރުޠުތައް

 1. މަޤާމާއި ގުޅޭދާއިރާއެއްގައި އެޅު ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
 2. އިންޓަރނޭޝަނަލް ލޯ އެންޑް ރެގިއުލޭޝަންސް އާއި ބެހޭ މަޢުލޫމާތު ލިބިފައިވާ ފަރާތެއްކަމުގައި ވުން.

މަސްއޫލިއްޔަތު:

 • ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޮބްޒާރވް ކުރުމަށް ރާއްޖެއިން ބޭރުން ވަޑައިގެނަންނަވާ ޑެލިގޭޝަންތަކުގެ އެންމެހާ ޕްރޮޓޮކޯލް ކަންކަން ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 • ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު
 • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ.
 • އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.
 • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ސުންގަޑި:          

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 19 އޭޕްރީލް 2017 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

 

އިތުރު މަޢުލޫމާތު

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

މަތީގައިވާ މަޤާމްތަކަށް ޝަރުޠު ފުރިހަމަވާ ފަރާތްތައް ނުލިބިއްޖެ ނަމަ، ވަޒީފާއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މަސައްކަތައް އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުޞަތު ދެވޭނެއެވެ.

 

މި އިޢުލާނުގައިވާ މަސައްކަތްތައް ހިނގަމުންދާ ދުވަސްވަރު، މި އިޢުލާނުގައިވާ މަސައްކަތަށް ހޮވިފައިވާ ފަރާތަކުން އުޒުރުވެރިވެއްޖެނަމަ، މަސައްކަތަށް އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގެ ފުރުޞަތު ދެވޭނެއެވެ.

 

 

ވަޒީފާތަކަށް މީހުން ހޮވުމުގައި ބަލާ މިންގަނޑު

އެކި އެކި ބައިތަކަށް ކަނޑައަޅާފައިވާ މާކްސް

ބައިތައް

މާކްސް

ތަޢްލީމް

20 މާކްސް

މަސައްކަތު ތަޖުރިބާ

30 މާކްސް

އިންޓަރވިޔު

50 މާކްސް

ޖުމްލަ

100 މާކްސް

21  ރަޖަބްް 1438

18 އެޕްރީލް 2017