Election Commission of Maldives

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އަށް ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީ ޢާންމުކޮށްފި

20 އޭޕްރީލް 2017, 12:00 ޚަބަރު

ނަންބަރު:33/NR)BA-2017)

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އަށް ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީ ޢާންމުކޮށްފި.
 

       2017 މެއި 06 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގައި ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީ ޢާންމުކޮށްފިއެވެ.   

       މިއަދު ޢާންމުކޮށްފައިވާ ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީ މި ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ޢާންމުކޮށް ފެންނަން ހުންނާނެއެވެ. އަދި (VR Space IDNO Send to 1414) އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެއެވެ.

      2017 މެއި 06 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް 1497 ކެންޑިޑޭޓަކު ވާދަކުރާއިރު، މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު 255987 މީހުންނަށް ލިބިފައިވެއެވެ. ހަމައެއާއިއެކު މި އިންތިހާބުގައި ވޯޓުލުމަށްޓަކައި ޖުމްލަ 422 ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.