Election Commission of Maldives

އަތޮޅު އަދި ސިޓީ ކޮމްޕްލައިންޓްސް ބިޔުރޯތަށް ގާއިމުކުރުން

26 އޭޕްރީލް 2017, 12:00 އިއުލާން

 ނަންބަރު:(A)BB-2017/142

އިޢުލާނު

06 މެއި 2017 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއީ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމް އަތޮޅު އަދި ސިޓީ ކޮމްޕްލައިންޓްސް ބިޔުރޯތަކުގައި 26 އެޕްރީލް 2017 ވީ ބުދަދުވަހުން ފެށިގެން ވަނީ ހަމަޖެހިފައެވެ.

އިސްވެ ދެންނެވިފައިވާ އިންތިޚާބާ ގުޅިގެން ހުށަހަޅުއްވާ ޝަކުވާތައް ބަލައިގަންނާނީ 13 މެއި 2017 ވާ ހޯމަ ދުވަހުގެ 15:00 އާ ހަމައަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ހަވީރު 03:00 އަށެވެ. ހުކުރު ދުވަސް ދުވަހު ޝަކުވާ ބަލައިގަންނާނީ މެންދުރުފަހު 02:30 އިން ހަވީރު 05:30 އަށެވެ. އަދި ހޮނިހިރު ދުވަސް ދުވަހު ޝަކުވާ ބަލައިގަންނާނީ ހެނދުނު 10:00 އިން ހަވީރު 03:00 އަށެވެ. އަދި ވޯޓުނެގުމަށް ހަމަޖެހިފައިވާ 06 މެއި 2017 ވާ ހޮނިހިރު ދުވަހު ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެދުވަހު ވޯޓުނަގަން ފެށުނީއްސުރެން ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށެވެ.

ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ އަތޮޅު، އަދި ސިޓީ ކޮމްޕްލެއިންޓްސް ބިޔުރޯތަކުންނާއި، ރަށު/އަތޮޅު/ސިޓީ/އަވަށު ކައުންސިލް އިދާރާތަކުންނާއި، އިލެކްޝަންސް ކޮމިޝަންގެ ރިސެޕްޝަނުންނެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުwww.elections.gov.mv  އިން ޝަކުވާ ފޯމު ޑައުންލޯޑު ކުރެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

27 ރަޖަބް 1438

26 އެޕްރީލް 2017