Election Commission of Maldives

ވަޒީފާގެ ފުރުޞަތު- ޑްރައިވަރ (ވަގުތީ)

27 އޭޕްރީލް 2017, 12:00 އިއުލާން

                                                   ނަންބަރު:(A)AC-2017/141

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މަޤާމް:

ޑްރައިވަރ – (ވަގުތީ)

ބޭސިކް މުސާރަ:

މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް -/40 (ސާޅީސް ރުފިޔާ)

ވަޒީފާގެ ބާވަތް: 

ކޮންޓްރެކްޓް – ކޮންޓްރެކްޓުގެ މުއްދަތު ކަނޑައަޅާނީ މުވައްޒަފު ނެގުމަށްފަހު ހަވާލުކުރެވޭ މަސައްކަތަށް ބަލައި ކޮމިޝަނުން. އަދި، ކޮމިޝަނަށް މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު، ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެ.

މަސައްކަތުގެ ވަގުތު:

ކޮމިޝަނުން ކަނޑައަޅާ ގަޑިތަކެއްގައި މަސައްކަތްކުރާގޮތަށް

ފެންވަރު ނުވަތަ ޝަރުޠު:

  1. ލިޔަން ކިޔަން ދަތުން.
  2. ގްރޭޑް 7 ގެ ފެންވަރު ހުރުން (ގުރޭޑް 7 ނިންމާފައިވުން).
  3. މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލުކުރައްވާ B1 ކެޓަގެރީގެ ލައިސަންސް ހާސިލުކޮށްފައިވުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތް ކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

އެހެނިހެން ޝަރުތު:

  • އުމުރުން 40 އަހަރުން މަތީގެ މީހަކުކަމުގައި ނުވުން.
  • ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން

މަސްއޫލިއްޔަތު:

- ކޮމިޝަންގެ ވެހިކަލްތައް ދުއްވުމާއި ވެހިކަލް ސާފުކޮށް ބެލެހެއްޓުން.

  • ހަވާލުކުރެވޭ އެހެނިހެން އޮފީސް މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

ސުންގަޑި:         

މި މަސައްކަތަކަށް ޝައުޤުވެރިވާ ފަރާތްތަކުން އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް،2017 މެއި 05 ވަނަ ދުވަހުގެ 15:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހެޅުއްވުންއެދެމެވެ.

އިތުރު މަޢުލޫމާތު

މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކުސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (އިލެކްޝަންސް ކޮމިޝަންގެ އިދާރާގެ ވަގުތީ ވަޒީފާއަށް އެދޭ ފޯމު) މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާ އިން) ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

ނޯޓް : މި އިއުލާނުގެ މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހަކުވެސް އެދުވަހެއްގައި  ހުށަހަޅާ ފޯމުތައް ބަލައި އިންޓަރވިއު ކުރިއަށް ގެންދެވޭނެއެވެ.

 

ޑްރައިވަރ (އެސް.އެސް 3) ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު

ބައިތައް

މާކުސް

ތަޢުލީމާއި ތަމްރީން

15

މަސައްކަތު ތަޖުރިބާ

35

އިންޓަރވިއު

50

ޖުމްލަ

100

 

01 ޝަޢުބާން 1438

27 އޭޕްރީލް  2017