Election Commission of Maldives

އަތޮޅުތަކަށް ވޯޓުކަރުދާހާއި އެހެނިހެން ތަކެތި ފޮނުވުމުގެ މަސައްކަތް ކުރިއަށްދަނީ

30 އޭޕްރީލް 2017, 12:00 ޚަބަރު

ނަންބަރު:37/NR)BA-2017) 

އަތޮޅުތަކަށް ވޯޓުކަރުދާހާއި އެހެނިހެން ތަކެތި ފޮނުވުމުގެ މަސައްކަތް ކުރިއަށްދަނީ
 

       ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގައި ވޯޓުލުމަށް ބޭނުންކުރާ ވޯޓުކަރުދާހާއި އެހެނިހެން ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް މި ކޮމިޝަނުން ފަށާފައިވާއިރު، މިހާތަނަށް އައިއިރު ނ،ރ،ބ،ޅ،އއ،ވ،މ،ފ،ދ،ތ،ގއ އަދި ގދ އަތޮޅަށް ވަނީ ތަކެތި ފޮނުވާފައެވެ. ހަމައެއާއި އެކު ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ހުރިހާ ރަށަކަށް ވޯޓު ފޮއްޓާއި ވޯޓިންގ ބޫތް ވަނީ ފޮނުވާ ނިމިފައެވެ.

      ވޯޓުކަރުދާހާއި އެހެނިހެން ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް މިއަދު ފެށިއިރު، މި އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އަތޮޅުތަކުގައި ހަރަކާތްތެރިވާ ފުލުހުންވެސް ދަނީ އެ ރަށްތަކަށް ދަތުރު ކުރަމުންނެވެ.

     ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު2017 ގެ ވޯޓުލުން 2017 މެއި 06 ވާ ހޮނިހިރު ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އިންތިޚާބާއި ގުޅިގެން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ވަމުންނެވެ. މި އިންތިޚާބުގައި ވޯޓުލުމަށްޓަކައި ޖުމްލަ 422 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު 255987 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.

30 އެޕްރީލް 2017