Election Commission of Maldives

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 އަށް ކެމްޕެއިންކުރުން މަނާ ވަގުތު އާންމުކުރުން

05 މެއި 2017, 12:00 އިއުލާން

   ނަންބަރު:(A)BB-2017/146

އިޢުލާނު

ކެމްޕެއިންކުރުން މަނާ ވަގުތު އާންމުކުރުން

ޤާނޫނު ނަންބަރު 2008/11 "އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު" ގެ 44 ވަނަ މާއްދާގައި ވާގޮތުން އިންތިޚާބެއްގައި ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 06:00 އިން ފެށިގެން ވޯޓުނަގާ ދުވަހުގެ ފަހުދުވަހުގެ ހެނދުނު 06:00 އާ ދެމެދު، ތާއީދު ހޯދުމަށް އެއްވެސް ހަރަކާތެއް ނުވަތަ ތާއީދު ހޯދުމަށް މަގުފަހިވާފަދަ އެއްވެސް ޢަމަލެއް ހިންގުކަމީ މަނާކަމެކެވެ.

ވީމާ، 2017  މެއި 06 ވާ ހޮނިހުރި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017" ގައި ވާދަކުރައްވާ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ލިބޭފަދަ ނުވަތަ ތާއީދު ކުޑަވާފަދަ ނުވަތަ އިންތިޚާބަށް ނުފޫޒެއް ފޯރާފާނެ އެއްވެސް ޢަމަލެއް 2017  މެއި 05  ވާ ހުކުރު ދުވަހުގެ ހަވީރު 06:00 އިން ފެށިގެން 2017  މެއި 07  ވާ އާދިއްތަ ދުވަހުގެ ހެނދުނު 06:00 އާ ދެމެދު އެއްވެސް ވަސީލަތެއްގެ އެހީގައި އެއްވެސް ފަރާތަކުން ނުކުރުމަށް އިލްތިމާސްކުރަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢްލާނު ކުރީމެވެ.

09 ޝަޢްބާން 1438

05 މެއި   2017