Election Commission of Maldives

ނޫސް ބަޔާން 1/2017

05 މެއި 2017, 12:00 ނޫސް ބަޔާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017، މާދަމާ 6 މެއި 2017 ވާ ހޮނިހިރު ދުވަހު މާލެ އާއި، އަތޮޅު ތަކުގައި އޮންނާނެއެވެ. މި އިންތިޚާބު ހިނގަމުންދާއިރު، އިންތިޚާބުގެ ކަންތައްތައް އަމާންކަމާއެކު ކުރިއަށް ގެންދިއުމަށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަކީ މިކޮމިޝަނުގެ ވަރަށްބޮޑު އެދުމެކެވެ.

އަދި އިންތިޚާބުގެ ކަންކަމުގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކާއި، ކެންޑިޑޭޓުންގެ މަންދޫބުންނާއި، އޮބްޒާވަރުންނާއި، މޮނިޓަރުންގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ހަރަކާތްތެރިވާއިރު، ޤާނޫނުތަކާއި ގަވާއިދުތަކާ އެއެއްގޮތްވާ ގޮތުގެ މަތިން ހަރަކާތްތެރިވުމަށް އިލްތިމާސް ކުރަމެވެ.

      09 ޝަޢުބާން 1438  

       05   މެއިި  2017