Election Commission of Maldives

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ ވޯޓުލާ ނިންމާ ގަޑި ބަދަލުވުން

06 މެއި 2017, 03:00 އިއުލާން

ނަންބަރު: (A)BB-2017/148

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ ވޯޓުލާ ނިންމާ ގަޑި ބަދަލުވުން

މި ކޮމިޝަނުގެ ނަންބަރު A)CA-2017/05) (08 ޖަނަވަރީ 2017) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

ޙަވާލާދެވުނު އިޢުލާނުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ ވޯޓުލާ ނިންމާ ގަޑި ކަމަށް ބަޔާންކޮށްފައިވާ ގަޑި އިތުރު ކުރުމަށް މިކޮމިޝަނުން ވަނީ ނިންމާފައެވެ. މިގޮތަށް ކޮމިޝަނުން ނިންމީ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުމަށް ގޮސް ކިޔުގައި ތިބި ރައްޔިތުންގެ އަދަދު ގިނަވުމުންނާއި، ގިނަ އަދަދެއްގެ ރައްޔިތުންނާއި ސިޔާސީ ޕާޓިތަކުން ވަގުތު އިތުރުކޮށްދިނުމަށް މިކޮމިޝަނުގައި އެދެމުންދާތީއެވެ.

މިގޮތުން، 08:00 ގައި ވޯޓުލުން ފެށިފައިވާ ވޯޓު ފޮށިތައް ބަންދުކުރާނީ 18:00 ގައެވެ. އަދި 08:00 ޖެހުމަށްފަހު ވޯޓުލުން ފެށިފައިވާ ވޯޓު ފޮށިތައް ބަންދުކުރަން ހަމަޖެހިފައިވަނީ 20:00 ގައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

  10 ޝައުބާން 1438

06  މޭ 2017