Election Commission of Maldives

ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ލިސްޓު ޢާއްމުކުރުމާއި ރަޖިސްޓަރީ ކޮށްފައިވާ ފޮށްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

17 މެއި 2017, 08:30 އިއުލާން

ނަންބަރު: 180(A)EA-2017/   

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017

ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ލިސްޓު ޢާއްމުކުރުމާއި ރަޖިސްޓަރީ ކޮށްފައިވާ ފޮށްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

2017 މެއި 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ށ.ކޮމަންޑޫ އަދި ތ.މަޑިފުށި ކައުންސިލްތަކުގެ އިންތިޚާބުގެ ދެވަނަ ބުރަށް ވޯޓު ލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

މިހާރު ރަޖިސްޓަރީ  ވެފައިވާ  ތަނުގެ މަޢުލޫމާތު  ކޮމިޝަނުގެ ވެބްސައިޓު (www.elections.gov.mv) ގައާއި، ތ.މަޑިފުށި އަދި ށ.ކޮމަންޑޫ ކައުންސިލްތަކުގެ އިދާރާގައި ޢާންމުކޮށް ފެންނަން  ހުންނާނެއެވެ.  މީގެއިތުރުން (VR Space IDNO Send to 1414)  އެސް.އެމް.އެސް  ކޮށްގެން  ޗެކްކުރެވޭނެއެވެ.

މި ލިސްޓުގައިވާ ވޯޓުލުމަށް ރަޖިސްޓަރީ ކުރެވިފައިވާ ތަނާ ބެހޭގޮތުން އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ "ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް، ނުވަތަ ވޯޓު ދިނުމަށް ރަޖިސްޓަރީ ވެފައިވާ ތަނާ ބެހޭ ގޮތުން ޝަކުވާ ހުށަހަޅާ ފޯމު" އިންނެވެ.

މި ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ތ.މަޑިފުށި ކައުންސިލުންނާއި، ށ.ކޮމަންޑޫ ކައުންސިލުންނާއި އަދި މާލޭ ސިޓީގައި ނަމަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) އިންނެވެ. އަދި މިފޯމު ކޮމިޝަނުގެ ވެބްސައިޓު (www.elections.gov.mv)  އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

މި ލިސްޓަށް ޝަކުވާ ހުށަހަޅާނީ 2017 މޭ 17 ވާ ބުދަ ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 02:00 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅޭނީ ހަމައެކަނި ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތާއި ގުޅޭ ގޮތުންނެވެ.

 މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

21 ޝަޢުބާން 1438

17   މެއި   2017