Election Commission of Maldives

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ދެވަނަބުރުގެ ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ލިސްޓު ޢާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

17 މެއި 2017, 12:00 ޚަބަރު

ނަންބަރު:41/NR)BA-2017)

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ދެވަނަބުރުގެ ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ލިސްޓު ޢާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި


2017 މެއި 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ށ.ކޮމަންޑޫ އަދި ތ.މަޑިފުށި ކައުންސިލްތަކުގެ އިންތިޚާބުގެ ދެވަނަ ބުރަށް ވޯޓު ލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ލިސްޓު ޢާއްމުކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ ތ.މަޑިފުށި އަދި ށ.ކޮމަންޑޫ ކައުންސިލްގެ ދެވަނަ ބުރުގައި ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދު (2017 މެއި 17) ހެނދުނު 08:30 އިން މެންދުރުފަހު 02:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ޝަކުވާ ހުށަހަޅާ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ތ.މަޑިފުށި ކައުންސިލްގެ އިދާރާ އަދި ށ.ކޮމަންޑޫ ކައުންސިލްގެ އިދާރާގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) އިންނެވެ. މީގެ އިތުރުން ޝަކުވާ ހުށަހަޅާ ފޯމް އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓްއިން ޑައުންލޯޑް ކުރެވޭނެއެވެ.

މިހާރު ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ތ.މަޑިފުށި ކައުންސިލްގެ އިދާރާ އަދި ށ.ކޮމަންޑޫ ކައުންސިލްގެ އިދާރާގައި އާންމުކޮށް ފެންނަން ހުންނާނެއެވެ. މީގެ އިތުރުން 1414 އަށް އެސް.އެމް.އެސް ކުރައްވައިގެންވެސް ޗެކްކުރެވޭނެއެވެ. އެސް.އެމް.އެސް މެދުވެރިކޮށް ލިސްޓު ޗެކްކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، މެސެޖެއްގައި VR ޖައްސަވައި ހުސް ތަންކޮޅެއް ދޫކޮށްލެއްވުމަށްފަހު އައި.ޑީ ކާޑު ނަންބަރު ޖައްސަވައި 1414 އަށް އެސް.އެމް.އެސް ކުރެއްވުމުން ލިސްޓު ޗެކްކުރެވޭނެއެވެ.

މި މުއްދަތުގައި ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނީ ހަމައެކަނި ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތާއި ގުޅޭ ގޮތުންނެވެ.

17 މެއި 2017