Election Commission of Maldives

ކެމްޕެއިންކުރުން މަނާ ވަގުތު އާންމުކުރުން

19 މެއި 2017, 12:00 އިއުލާން

                                                     ނަންބަރު: (A)BB-2017/182

އިޢުލާނު

ކެމްޕެއިންކުރުން މަނާ ވަގުތު އާންމުކުރުން

ޤާނޫނު ނަންބަރު 2008/11 "އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު" ގެ 44 ވަނަ މާއްދާގައި ވާގޮތުން އިންތިޚާބެއްގައި ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 06:00 އިން ފެށިގެން ވޯޓުނަގާ ދުވަހުގެ ފަހުދުވަހުގެ ހެނދުނު 06:00 އާ ދެމެދު، ތާއީދު ހޯދުމަށް އެއްވެސް ހަރަކާތެއް ނުވަތަ ތާއީދު ހޯދުމަށް މަގުފަހިވާފަދަ އެއްވެސް ޢަމަލެއް ހިންގުކަމީ މަނާކަމެކެވެ.

ވީމާ، 2017  މެއި 20 ވާ ހޮނިހުރި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ތ. މަޑިފުށީ ރަށު ކައުންސިލް އަދި ށ. ކޮމަންޑޫ ރަށު ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ލިބޭފަދަ ނުވަތަ ތާއީދު ކުޑަވާފަދަ ނުވަތަ އިންތިޚާބަށް ނުފޫޒެއް ފޯރާފާނެ އެއްވެސް ޢަމަލެއް 2017  މެއި  19  ވާ ހުކުރު ދުވަހުގެ ހަވީރު 06:00 އިން ފެށިގެން 2017  މެއި 21  ވާ އާދިއްތަ ދުވަހުގެ ހެނދުނު 06:00 އާ ދެމެދު އެއްވެސް ވަސީލަތެއްގެ އެހީގައި އެއްވެސް ފަރާތަކުން ނުކުރުމަށް އިލްތިމާސްކުރަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢްލާނު ކުރީމެވެ.

23 ޝަޢްބާން 1438

19 މެއި   2017