Election Commission of Maldives

ބ.ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަން 19 އޮގަސްޓް 2017 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި

02 ޖުލައި 2017, 12:00 ޚަބަރު

ނަންބަރު:44/NR)BA-2017)

ބ.ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަން 19 އޮގަސްޓް 2017 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި


      ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން،  ބ. ކަމަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން،  2017 އޮގަސްޓް 19 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް މި ކޮމިޝަނުން ހަމަޖައްސައިފިއެވެ.

ބ. ކަމަދޫ ކައުންސިލަށް މެމްބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2017 ޖުލައި 02 ވާ އާދީއްތަ ދުވަހުން ފެށިގެން 2017 ޖުލައި 17 ވާ ހޯމަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 15:00 އާއި ހަމައަށް، ރަސްމީ ބަންދު ދުވަސް ތަކުގައި ހެނދުނު 10:30 އިން މެންދުރު 14:00 އާއި ހަމައަށް،  އަދި ހުކުރު ދުވަހު މެންދުރު 14:30 އިން ހަވީރު 16:30 އަށެވެ. މި ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ އެންމެހާ ފަރާތްތަކުން އެކިމަށް އެދި ހުށަހަޅުއްވާނީ ހަމައެކަނި އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާ އަށެވެ.

ބ. ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަނުގެ  ވޯޓުލުން 2017 އޮގަސްޓު 19 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 16:00 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ހަވީރު 16:30 ގައެވެ. ހަމައެއާއިއެކު މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނު ކުރުމަށް ހަމަޖެހިފައިވަނީ 2017 އޮގަސްޓު 20 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 ގައެވެ.

ބ.ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަންގައި ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު މިއަދު ހެނދުނު ގެޒެޓްކޮށް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާއިރު، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދު (02 ޖުލައި 2017) އިން ފެށިގެން 2017 ޖުލައި 10 ވާ ހޯމަ ދުވަހުގެ 14:00 އާއި ހަމައަށް ވަނީ ހުޅުވާލެވިފައެވެ. ލިސްޓަށް ޝަކުވާ ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނީ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާއިބެހޭ ޝަކުވާ ހުށަހަޅާ ފޯމުންނެވެ. މި ފޯމު ދޫކުރުމާއި ބަލައިގަތުން އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) އިންނާއި ބ.ކަމަދޫ ކައުންސިލް އިދާރާއިން ހަމަޖެހިފައިވާއިރު، އަދި މި ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ނަމޫނާ ރަށު، އަތޮޅު އަދި ސިޓީ އިލެކްޝަންސް ފޯކަލް ޕޮއިންޓުންނާއި، މި ކޮމިޝަނުން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާއިރު، އަދި މިކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

02 ޖުލައި 2017