Election Commission of Maldives

2017 އޮގަސްޓް 19 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބ.ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަންގައި ބ.ކަމަދޫ ވޯޓުލާ މަރުކަޒުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމާ ބެހޭ

10 ޖުލައި 2017, 12:00 އިއުލާން

 ނަންބަރު: (A)AC-2017/198   

އިޢުލާން

2017 އޮގަސްޓް 19ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބ.ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަންގައި ބ.ކަމަދޫ ވޯޓުލާ މަރުކަޒުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމާ ބެހޭ

2017 އޮގަސްޓް 19 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބ.ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަނުގައި ބ.ކަމަދޫ ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު އެ ފަރާތެއްގެ ޕާސްޕޯޓް ސައިޒްގެ ފޮޓޯ، އައިޑީ ކާޑުގެ މުއްދަތު ހަމަނުވާ ކޮޕީއަކާއެކު،  2017 ޖުލައި 23 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން، ބ.ކަމަދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. އޮފިޝަލަކަށް އެދި ހުށަހަޅާ ފޯމު ބ.ކަމަދޫ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ.

        ޝަރުތު:

  1. ޢުމުރުން 18 އަހަރާ 65 އަހާރާ ދެމެދުގެ މީހެއްކަމުގައިވުން
  2. އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސްމަޤާމެއް ފުރަމުން ގެންދާ ނުވަތަ ސިޔާސީ ޕާޓީއެއްގެ ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކަށް ނުވުން.
  3. ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން.
  4. އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުން.
  5. މިފަދަ މަސައްކަތަކަށް ޞިއްޚީ ގޮތުން ޤާބިލް މީހަކު ކަމުގައިވުން.

 

 

އުޖޫރަ:

ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ 1300/-ރ (އެއްހާސް ތިންސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.

ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ 1000/-ރ (އެއްހާސް ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.

 

އޮފިޝަލުންގެގޮތުގައި ޙަރަކާތްތެރިވާ އެނޫންފަރާތްތަކަށް 800/-ރ (އައްސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.

ރިސާރވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ -/600 ރ (ހަސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.

އަދި ކަނޑައެޅިފައިވާ އުޞޫލުން ވޯޓުލާދުވަހު ކެއުމާއި ސަޔަށްވާ ފައިސާ ދެވޭނެ. މިފައިސާ ދެވޭނީ ވޯޓުލައި ނިމުމުން މަސައްކަތްކުރި އުޖޫރައާއެކުގައި.

 

 

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މިމަސައްކަތަށް ޚާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެއެވެ. މި ތަމްރީނު ފުރިހަމަނުކުރާ ފަރާތްތަކުން އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅި ނަމަވެސް ފުރުޞަތު ނުދެވޭނެއެވެ.

  • މި ތަމްރީނު އޮންނާނީ 2017 އޯގަސްޓް 17 ވާ ބުރާސްފަތި ދުވަހުއެވެ.

އޮފިޝަލަކަށްވުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ފުރުޞަތު ދެވޭނީ ތަޢުލީމާއި ތަޖުރިބާ އަދި އިންތިޚާބުގެ މަސައްކަތުގައި އުޅެ ލިބިފައިވާ ތަޖުރިބާތަކަށް، ކަނޑައެޅިފައިވާ މިންގަނޑުން މާކްސް ދީގެންނެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި 3 އިންތިޚާބުގައި އެއްވެސް ސަބަބަކާހުރެ މި ކޮމިޝަނުން އެފަރާތްތަކަށް އިތުބާރު ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ އެއްވެސް ފަރާތަކަށް މަތިން މާކްސް ލިބުނު ކަމުގައިވީނަމަވެސް އޮފިޝަލަކަށް ވުމަށް ފުރުޞަތެއް ނުދެވޭނެއެވެ. 

އޮބްޒާވަރ، މޮނިޓަރ، އަދި ކެންޑިޑޭޓްގެ މަންދޫބަކަށް ވުމަށް އަދި ވޯޓުލާ މަރުކަޒުގެ އޮފިޝަލަކަށް ވުމަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތަކަށް، އޮބްޒާވަރ، މޮނިޓަރ، އަދި ކެންޑިޑޭޓްގެ މަންދޫބުގެ ފާސް ދޫކުރެވިފައިވާނަމަ، އެ ފަރާތަކުން އޮފިޝަލުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާފައިވާ ފޯމު ބާތިލުވާނެއެވެ.

 

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  • މުއްދަތު ހަމަނުވާ އައި.ޑީކާޑުގެ ކޮޕީ.
  • ޕާސްޕޯޓް ސައިޒްގެ ފޮޓޯ.
  • ލިބިފައިވާ ސަނަދުތަކުން އެންމެމަތީ ސަނަދުގެ ކޮޕީ.

 

16 ޝައްވާލް 1438

10 ޖުލައި   2017