Election Commission of Maldives

ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް އެދި ފޯމު ހުށަހަޅާނެ ގޮތުގެ އުޞޫލު

23 ޖުލައި 2017, 12:00 އިއުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު – ބައި-އިލެކްޝަން 2017

ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް އެދި ފޯމު ހުށަހަޅާނެ ގޮތުގެ އުޞޫލު

ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް އެދި ފޯމު ހުށަހަޅާނީ http://forms.elections.gov.mv މި ލިންކް މެދުވެރިކޮށް އޮންލައިންކޮށެވެ.

  • ފޯމުގައި މަޢުލޫމާތު ފުރިހަމަކުރަންވާނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ގޮތަށެވެ.
  • އޮންލައިންކޮށް ފޯމުހުށަހަޅާއިރު، ފޯމުގައިވާ މަޢުލޫމާތު ފުރިހަމަކުރުމަށްފަހު ތިރީގައި މިދަންނަވާ ފައިލްތައް އަޕްލޯޑްކުރަންވާނެއެވެ. އަދި އަޕްލޯޑްކުރެވޭ ފައިލްތަކުގެ ސައިޒު 1MB އަށް ވުރެ ބޮޑުވެގެން ނުވާނެއެވެ.
    • ސްކޭންކޮށްފައިވާ، މުއްދަތު ހަމަނުވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް (PDF ފޯމެޓްގައި)
    • ނެގިތާ 3 މަސް ދުވަސް ހަމަނުވާ ޕާސްޕޯޓު ސައިޒުގެ ސާފު ކުލަ ފޮޓޯއެއް (JPEG ފޯމެޓްގައި، ރިޒޮލިއުޝަން600Dpi ގައި، އަދި 35mm x 45mmގެ ސައިޒުގައި)
    • އިސްވެ ދެންނެވުނު ލިންކުން "ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް ކުރިމަތިލާ ފަރާތުގެ އިޤުރާރު" ޑައުންލޯޑް ކުރުމަށްފަހު ފުރިހަމަކޮށް ސޮއިކޮށްފައިވާ ސްކޭން ކޮޕީއެއް (PDF ފޯމެޓްގައި)
    • އިސްވެ ދެންނެވުނު ލިންކުން "ކެންޑިޑޭޓުގެ މަންދޫބު އައްޔަންކުރިކަމުގެ ލިޔުން" ޑައުންލޯޑް ކުރުމަށްފަހު ފުރިހަމަކޮށް ސޮއިކޮށްފައިވާ ސްކޭން ކޮޕީއެއް (PDF ފޯމެޓްގައި)

ފޯމު ހުށަހަޅާއިރު ފުރިހަމަ ކުރަންޖެހޭ މަޢުލޫމާތު ފުރިހަމަ ނުވާނަމަ، ނުވަތަ ޞައްޙަ ނޫން މަޢުލޫމާތު ހުށަހަޅާފައިވާނަމަ، ނުވަތަ އެޓޭޗް ކުރަންޖެހޭ އެއްވެސް އެއްޗެއް މަދުވާނަމަ ފޯމު ބާޠިލް ކުރެވޭނެއެވެ.

ނޯޓު: ފޯމު ފުރިހަމަކޮށް އޮންލައިންކޮށް ހުށަހެޅުމުން ލިބޭ ފޯމު ނަންބަރު ނޯޓު ކުރެއްވުމަށް ސަމާލުކަން ދޭންވާނެއެވެ.