Election Commission of Maldives

ބ.ކަމަދޫ ބައި-އިލެކްޝަނާއި ގުޅޭ ޝަކުވާ ހުށަހެޅުން

25 ޖުލައި 2017, 12:00 އިއުލާން

ނަންބަރު:(A)BB-2017/218

އިޢުލާން

ބ.ކަމަދޫ ބައި-އިލެކްޝަނާއި ގުޅޭ ޝަކުވާ ހުށަހެޅުން

19 އޯގަސްޓް 2017 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބ.ކަމަދޫ ބައި-އިލެކްޝަނަށް 02 ޖުލައި 2017 ގައި އިޢުލާން ކުރުމާއެކު އެ އިންތިޙާބާގުޅޭ ޝަކުވާތައް ބެލުމުގެ އިންތިޒާމް ބ.ކަމަދޫ ކައުންސިލްގެ އިދާރާ އާއި އިލެކްޝަންސް ކޮމިޝަނުގެ އިދާރާގައި ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.

މިގޮތުން، ބ.ކަމަދޫގައި ނަމަ، ޝަކުވާ ހުށަހަޅުއްވާނީ ޝަކުވާ ހުށަހަޅާ ފޯމުން އިލެކްޝަންސް ކޮމިޝަނުން އައްޔަންކޮށްފައިވާ ފޯކަލް ޕޮއިންޓަށެވެ. އަދި މާލޭގައި ނަމަ، ޝަކުވާ ހުށަހަޅުއްވާނީ ޝަކުވާ ހުށަހަޅާ ފޯމުން އިލެކްޝަންސް ކޮމިޝަންގެ އިދާރާގެ 5 ވަނަ ފަންގިފިލާއަށެވެ. ޝަކުވާތައް ބަލައިގަންނަން ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 02:00 އަށެވެ. ބަންދު ދުވަސްތަކުގައި ހެނދުނު 10:00 އިން މެންދުރުފަހު 01:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 02:00 އިން ހަވީރު 05:00 އަށެވެ. އަދި ވޯޓުލާ ދުވަހު، ޝަކުވާ ބަލައިގަންނާނީ ހެނދުނު 08:00 އިން ހަވީރު 06:00 އަށެވެ.

ޝަކުވާ ހުށަހަޅާ ފޯމު ލިބެންހުންނާނީ، ބ.ކަމަދޫ ކައުންސިލް އިދާރާއިންނާއި އިލެކްޝަންސް ކޮމިޝަނުގެ ރިސެޕްޝަނުންނެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓު www.elections.gov.mv އިން ޝަކުވާ ހުށަހަޅާ ފޯމު ޑައުންލޯޑު ކުރެއްވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

02 ޛުލްޤައިދާ 1438

25 ޖުލައި 2017