Election Commission of Maldives

އެވެއަރނެސް މެޓީރިއަލް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

25 ޖުލައި 2017, 12:00 އިއުލާން

 ނަންބަރ: (A)AB-2017/219

އެވެއަރނެސް މެޓީރިއަލް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

އިޢުލާނު

 މި ކޮމިޝަނުންދޭ މަޢުލޫމާތާއި އެއްގޮތަށް އެވެއަރނެސް މެޓީރިއަލް (ޓީޝާޓް، ގަލަން އަދި އެހެނިހެން ތަކެތި) ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ގަޑި

ދުވަސް

ތާރީޚް

ތަފްސީލް

14:30

އާދިއްތަ

6 އޮގަސްޓް 2017

މަޢުލޫމާތު ސާފުކުރުން

14:30

އަންގާރަ

15 އޮގަސްޓް 2017

އަންދާސީ ހިސާބު ހުށަހެޅުން

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3004428 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.

2 ޒުލްޤައިދާ 1438

25 ޖުލައި  2017