Election Commission of Maldives

ބ.ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަން އޮބްޒާވް ކުރުމަށާއި މޮނިޓަރ ކުރުމަށް އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުޞަތު ހުޅުވާލެވިފައި

30 ޖުލައި 2017, 12:00 ޚަބަރު

ނަންބަރު:45/NR)BA-2017)

ބ.ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަން އޮބްޒާވް ކުރުމަށާއި މޮނިޓަރ ކުރުމަށް އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުޞަތު ހުޅުވާލެވިފައި


 ބ. ކަމަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށްޓަކައި، 2017 އޮގަސްޓު 19 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަނުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ޝައުޤުވެރިވާ ސިޔާސީ ޕާޓީތަކާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އަމިއްލަގޮތުން އެދޭ ފަރާތްތަކަށް، އަދި މޮނިޓަރކުރުމަށް ޝައުޤުވެރިވާ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި، ނޫސް އޭޖެންސީތަކަށާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލައްވަން ޝައުޤުވެރިވާ ފަރާތްތަކަށް 2017 ޖުލައި 23 ވީ އާދިއްތަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން 2017 އޮގަސްޓު 2 ވާ ބުދަ ދުވަހުގެ ހަވީރު 15:00 އާއި ހަމަޔަށް އެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރކުރުމަށް ޝައުޤުވެރިވާ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ނޫސް އޭޖެންސީތަކަށް އަދި އޮބްޒާވްކުރުމަށް ޝައުޤުވެރިވާ ސިޔާސީ ޕާޓީތަކަށާއި، ޖަމްޢިއްޔާ ޖަމާޢަތްތަކަށް ފާސްދޫކުރުމަށް ހަމަޖެހިފައިވަނީ ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ ދިހައެއް އިންސައްތަ އިތުރުނުވާ ގޮތަށެވެ. ހަމައެއާއިއެކު ބައި-އިލެކްޝަނުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާގޮތް ބެލުމަށް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަސްލަހަތު އޮތް ކޮންމެ މަރުކަޒަކަށް 1 މަންދޫބަކު ޢައްޔަން ކުރުމުގެ ފުރުޞަތު "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގަވާއިދު 2017" ގެ 24 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިދެވޭނެއެވެ.

ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ބެލުމަށް ކެންޑިޑޭޓުން ޢައްޔަންކުރާ މަންދޫބުންނަށް ވުމަށް ޝައުޤުވެރިވާ ފަރާތްތަކުންނާއި ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ޝައުޤުވެރިވާ ސިޔާސީ ޕާޓީތަކާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ފަރާތްތަކުން އަދި މޮނިޓަރުކުރުމަށް ޝައުޤުވެރިވާ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ޚަބަރު ފަތުރާ އިދާރާތަކުން އޮންލައިންކޮށް http://forms.elections.gov.mv މިލިންކު މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށަހެޅޭނެއެވެ. އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ހުށަހަޅާނޭ ގޮތުގެ އުޞޫލު ބަޔާންކުރެވުނު ލިންކުން ފެންނަން ހުންނާނެއެވެ. މި އިންތިޚާބަށް ކާޑު ދޫކުރުމަށްފަހު، ކާޑު ގެއްލިގެން ނުވަތަ އެހެންވެސް ސަބަބަކާހުރެ އަލުން ކާޑެއް ހަދައިދިނުމަށް ހަމަޖެހިފައިވަނީ ނުވަދިހަފަސް ރުފިޔާގެ ޖޫރިމަނާއެއް އެކާޑަކަށް ނެގުމަށްފަހުއެވެ. 

30 ޖުލައި 2017