Election Commission of Maldives

ބައި-އިލެކްޝަންގައި އިލެކްޝަންސް ކޮމްޕްލޭންސް ބިއުރޯ އަދި ފޯކަލް ޕޮއިންޓަށް ޝަކުވާ ހުށައެޅުން

18 މާޗް 2015, 12:00 ޚަބަރު

21 މާރިޗު 2015 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހއ. މުރައިދޫ ކައުންސިލްގެ އިންތިޚާބުގެ ބައި-އިލެކްޝަނާއި ދ. އަތޮޅު ކައުންސިލްގެ މީދޫ ދާއިރާގެ ބައި-އިލެކްޝަނާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމް އެ ކައުންސިލްގެ އިދާރާގައާއި އިލެކްޝަންސް ކޮމިޝަންގައި ވަނީ ހަމަޖައްސާފައެވެ.

އިސްވެ ދެންނެވިފައިވާ އިންތިޚާބާ ގުޅިގެން ހުށަހަޅުއްވާ ޝަކުވާތައް ބަލައިގަންނަން ހަމަޖެހިފައިވަނީ 23 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 15:00 އާ ހަމައަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން ހަވީރު 03:00 އަށް،  20 މާރިޗު 2015 ވާ ހުކުރު ދުވަހު ޝަކުވާ ބަލައިގަންނާނީ 18:00 ން 20:00 އަށް އަދި ވޯޓުނެގުމަށް ހަމަޖެހިފައިވާ 21 މާރިޗު 2015 ވާ ހޮނިހިރު ދުވަހު ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެދުވަހު ވޯޓުނަގަން ފެށުނީއްސުރެން ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށްކަން އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިޢުލާންގައި ބަޔާންކޮށްފައިވެއެވެ.

ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ ބައި-އިލެކްޝަން ބާއްވާ ކައުންސިލްގެ އިދާރާއިންނާއި އިލެކްޝަންސް ކޮމިޝަންގެ ރިސެޕްޝަނުންކަމަށާއި އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓު www.elections.gov.mv  އިން ޝަކުވާ ފޯމު ޑައުންލޯޑު ކުރެވޭނެކަންވެސް އެ އިޢުލާނުގައިވެއެވެ.