Election Commission of Maldives

އެވެއަރނެސް މެޓީރިއަލް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

15 އޮގަސްޓް 2017, 12:00 އިއުލާން

ނަންބަރ:(A)AB-2017/231

އެވެއަރނެސް މެޓީރިއަލް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާނު

 މި ކޮމިޝަނުންދޭ މަޢުލޫމާތާއި އެއްގޮތަށް އެވެއަރނެސް މެޓީރިއަލް (ޓީޝާޓް، ގަލަން އަދި އެހެނިހެން ތަކެތި) ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (A)AB-2017-219 (25 ޖުލައި 2017) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ޢަދަދަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީވެ، މި ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.  

ގަޑި

ދުވަސް

ތާރީޚް

ތަފްސީލް

14:30

އާދިއްތަ

20 އޮގަސްޓް 2017

މަޢުލޫމާތު ސާފުކުރުން

14:30

ބުރާސްފަތި

24 އޮގަސްޓް 2017

އަންދާސީ ހިސާބު ހުށަހެޅުން

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3004431 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ. 

23 ޒުލްޤައިދާ 1438

15 އޮގަސްޓް  2017