Election Commission of Maldives

"ތިކުދިންގެ ހަވީރު"ގައި އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ

19 އޮގަސްޓް 2017, 12:00 ޚަބަރު

ނަންބަރު:47/NR)BA-2017)

"ތިކުދިންގެ ހަވީރު"ގައި އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ


      މީރާގެ 7 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން އިއްޔެ (18 އޮގަސްޓް 2017) ބޭއްވި "ތިކުދިންގެ ހަވީރު" ގައި އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެއެވެ.

      މީރާއިން އިންތިޒާމްކޮށްގެން ގިނަ މުއައްސަސާތަކެއް ބައިވެރިވެގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ މި ކުޑަކުދިންގެ ހަވީރުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ސްޓޯލްއެއް ބަހައްޓައި ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ދަޅުވެއްޓުމާއި ސްނޭކް އެންޑް ލެޑާރސްގެ އިތުރުން ކުލަޖެއްސުމާއި ކުލަ ވަކިކުރުމުގެ ހަރަކާތްތަށް މި ސްޓޯލްގައި ކުރިއަށް ގެންގޮސްފައިވެއެވެ.

      މޫސުން ގޯސްވުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް މި ކޮމިޝަނުގެ ސްޓޯލްއަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ހަވީރު 06:00 އާއި ހަމައަށް ކުޅިވަރުތަށް ކުރިއަށް ގެންގޮސްފައިވެއެވެ.

19 އޮގަސްޓް 2017