Election Commission of Maldives

ޕްރެޒެންޓޭޝަން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައި

27 އޮގަސްޓް 2017, 12:00 ޚަބަރު

ނަންބަރު:48/NR)BA-2017)

ޕްރެޒެންޓޭޝަން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައި


      ޑިމޮކްރެސީ ހަފުތާގެ މުނާސަބަތުގައި ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ޔުނިވަރސިޓީ/ ކޮލެޖުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރެޒެންޓޭޝަން  ހުށަހެޅުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު 2017 އޮގަސްޓް 23 ވަނަ ދުވަހުން ފެށިގެން 2017 ސެޕްޓެންބަރު 5 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

     ޑިމޮކްރަސީއާމެދު އާންމުން ހޭލުންތެރިކުރުވުމާއި، ވީހާވެސް ގިނަ ފަރާތްތަކަށް ޑިމޮކްރަސީއާގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ޔުނިވަރސިޓީ/ކޮލެޖު ދަރިވަރުންނަށް ޑިމޮކްރެސީ އާއި އިންތިޚާބުތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤުސަދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުން 1 ވަނަ އަށް ހޮވޭ ޓީމަކަށް 25000 ރުފިޔާ، ދެވަނަ އަށް ހޮވޭ ޓީމަކަށް 15000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ޓީމަކަށް 10000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.

    މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2017 ސެޕްޓެންބަރު 5 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން " ޑިމޮކްރަސީ ހަފްތާ 2017 - ޕްރެޒެންޓޭޝަން ހުށަހެޅުމުގެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު އެ ޔުނިވަރސިޓީ/ކޮލެޖުގެ ސިޓީއާއި އެކު އިލެކްޝަންސް ކޮމިޝަނަށް ހުޅަހަޅަންޖެހެއެވެ. ބައިވެރިވުމަށް އެދޭ ފޯމާއި ޕްރެޒެންޓޭޝަން މުބާރާތުގެ ގަވާއިދު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭއިރު، ބައިވެރިންގެ އެޕްލިކޭޝަން ރަސްމީ ގަޑީގައި އިލެކްޝަންސް ކޮމިޝަނުގެ ރިސެޕްޝަނުން ބަލައިގަންނަމުންދާނެއެވެ. އަދި [email protected]  އަށް އީމެއިލް ކުރުމުންވެސ އެޕްލިކޭޝަން ބަލައިގަންނާނެއެވެ.

     މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަނާއި ޕަބްލިކް ސަރވިސް މީޑިއާ (PSM) އަދިި ދިވެހިބަހުގެ އެކެޑަމީއާ ގުޅިގެންނެވެ.

27 އޮގަސްޓް 2017