Election Commission of Maldives

ނޫސް ބަޔާން S)BB-2017/1)

27 އޮގަސްޓް 2017, 12:00 ނޫސް ބަޔާން

ބަޔާން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2017/SC-C/17 ޤަޟިއްޔާއާއި ސުޕްރީމްކޯޓުގެ ނަންބަރު: 2017/SC-J/09 ކޯޓު އަމުރަށް ރިޢާޔަތްކޮށް، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ދާއިރާތަކުގެ ބައި-އިލެކްޝަން ބާއްވަން މިކޮމިޝަނުން ނިންމާފައިވަނިކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މިކަމާ ގުޅުންހުރި މައްސަލަތަކެއް ހުށަހަޅާފައިވާތީ، އެމައްސަލަތަކާމެދު ވަކި ގޮތެއް ނިންމަވަންދެން، އެދާއިރާތަކުގެ ބައި-އިލެކްޝަން ބޭއްވުމުގެ މަސައްކަތް މަޑުޖައްސާލާފައި އޮތުމަށްފަހު، 27 އޮގަސްޓު 2017 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2017/SC-C/19، 2017/SC-C/20 ، 2017/SC-C/21 ، 2017/SC-C/22  ޤަޟިއްޔާއިން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބަދަލުކުރަންޖެހޭނެ ކަމަށް ބަޔާންކުރައްވާފައި ނުވާތީ، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޤާނޫނު ނަންބަރު: 2009/2 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ދާއިރާތަކުގެ ބައި-އިލެކްޝަންތައް ކުރިއަށް ގެންދިޔުމަށް މިކޮމިޝަނުން ނިންމައިފީމެވެ.

27 އޮގަސްޓު 2017