Election Commission of Maldives

މުޒާހަރާގައި ހިންގާއަމަލު ތަކާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން އެމް.ޑީ.ޕީ އާއި އަދާލަތު ޕާޓީއަށް އިލްތިމާސްގެ ސިޓީ ފޮނުވައިފި

25 މާޗް 2015, 12:00 ޚަބަރު

2015 މާރިޗް 24 ވި އަންގާރަ ދުވަހުގެ ރޭ މާލޭގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާއި އަދާލަތު ޕާޓީ ގުޅިގެން ބޭއްވި މުޒާހަރާގައި ސިޔާސީ ޕާޓީގެ ޤާނޫނާއި، ޞުލަޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ޤާނޫނާ ޙިލާފަށް، ފުލުހުންނަށް ޙަމަލާ ދިނުމާއި، ޢާންމުންގެ މުދަލަށް ގެއްލުން ދިނުމާއި، އަނިޔާވެރި ޢަމަލުތަކަށް ގޮވައިލުން ފަދަ، ޢަމަލުތައް ހިންގާފައިވާތީ، މި ފަދަ ޢަމަލުތައް ނުހިންގުމަށް އިލްތިމާސްކޮށް އެ ދެ ޕާޓީއަށްވަނީ އިލެކްޝަންސް ކޮމިޝްނުން، މިއަދު ސިޓީ ފޮނުވާފައެވެ. އަދި މިސިޓީގައި މުޒާހަރާ ތަކުގައި ހިންގަމުން ގެންދާ ޤާނޫނާއި ޤަވާއިދާ ޙިލާފު މިބާވަތުގެ ކަންކަން ކޮމިޝަނުން ބައްލަވަމުން ގެންދަވާ ކަމަށާއި ޤާނޫނީ އިމުގެ ބޭރުން ސިޔާސީ ޕާޓީތަކުން ހިންގާ މިފަދަ ޙަރަކާތްތަކާމެދު މިކޮމިޝަނުން ފިޔަވަޅު އަޅާނެ ވާހަކަވެސް ބަޔާންކޮށްފައި ވެއެވެ.