Election Commission of Maldives

ބައިނަލްއަޤްވާމީ ޑިމޮކްރެސީ ދުވަސް ފާހަގަ ކުރުމަށްޓަކައި"ޑިމޮކްރެސީ ރަން 2017" ބާއްވާ

11th ސެޕްޓެމްބަރު 2017, 12:00 ޚަބަރު

ނަންބަރު:50/NR)BA-2017)

ބައިނަލްއަޤްވާމީ ޑިމޮކްރެސީ ދުވަސް ފާހަގަ ކުރުމަށްޓަކައި ބާއްވާ "ޑިމޮކްރެސީ ރަން 2017"
 

2017 ސެޕްޓެންބަރު 15 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ޑިމޮކްރެސީ ދުވަސް ކަމަށް ވާތީ އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން އިންތިޒާމްކޮށްގެން "ޑިމޮކްރެސީ ރަން 2017" ގެ ނަމުގައި ޙަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

      މި ޙަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2017 ސެޕްޓެންބަރު 15 ވާ ހުކުރު ދުވަހުގެ 16:00 އިން 17:00 އަށް ކ.ހުރާގައެވެ. މިހަރަކާތް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ، ޑިމޮކްރެސީއާ ގުޅިގެން ކ.ހުރާގެ ރައްޔިތުންނާއި، ކ. ހުރާ ސްކޫލުގެ ދަރިވަރުން ޑިމޮކްރެސީއަށް ހޭލުންތެރިކުރުވުމާއި، މީޑިއާތަށް މެދުވެރިކޮށް ރާއްޖޭގެ ވީހާވެސް ގިނަ ރައްޔިތުންނަށް ޑިމޮކްރެސީއާއި ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

ޑިމޮކްރެސީ ރަން 2017 ގައި ދައުލަތުގެ އެކި މިނިވަން މުއައްސަސާތަކުންނާއި، އިލެކްޝަންސް ކޮމިޝަނުގެ ހުރިހާ މުވައްޒަފުންގެ އިތުރުން، ކ.ހުރާ ސްކޫލުގެ ދަރިވަރުންނާއި، ކ.ހުރާ ސިއްހީ މަރުކަޒުގެ މުވައްޒަފުންނާއި، މާލެ އަތޮޅު ހުރާ ކައުންސިލްގެ އިދާރާގެ މުވައްޒަފުން ބައިވެރިވެއެވެ.

11 ސެޕްޓެންބަރު 2017