Election Commission of Maldives

ވަޒީފާގެ ފުރުޞަތު- އޮފިސަރ (ޖީ.އެސް 3) - ހިއުމަން ރިސޯސް އެންޑް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެކްޝަން

18 އޮކްޓޯބަރ 2017, 12:00 އިއުލާން

                                                ނަންބަރު:(A)DA-2017/250

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މަޤާމް:

އޮފިސަރ (ޖީ.އެސް 3)

ބޭނުންވާ ޢަދަދު:

01  (އެކެއް)

ސެކްޝަން:

ހިއުމަން ރިސޯސް އެންޑް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެކްޝަން

ބޭސިކް މުސާރަ:

މަހަކު 4465/- (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސާރވިސް އެލަވަންސް:

މަހަކު 1500/- (އެއްހާސް ފަސްސަތޭކަ ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު 3000/- (ތިންހާސް ރުފިޔާ)

ޚާއްޞަ އެލަވަންސް:

މުސާރައިގެ %45 

ވަޒީފާގެ ބާވަތް: 

ދާއިމީ

މަސައްކަތުގެ ވަގުތު:

ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރާގޮތަށް.

ތައުލީމާއި ތަޖުރިބާ:

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަތުތަކުގެ އޮނިގަނޑުގެ ލެވެލްގެ 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ؛
  2. ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 1 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، އަދި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ؛
  3. ޖީ.ސީ.އީ އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު،  ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، އަދި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

  1. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
  2. އުމުރުން 35 އަހަރުން ދަށުގެ މީހެއްކަމުގައިވުން.
  3. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  4. ސިޔާސީ/ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.

މަސްއޫލިއްޔަތު:

  • ކޮމިޝަންގެ އިދާރާއަށް މުވައްޒަފުން ހޯދުމާއި، މުވައްޒަފުން ނެގުމައި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ވެރިން އަންގާ ގޮތެއްގެ މަތިން ކުރުން.
  • ވަރކްޝޮޕް، ސެމިނަރ، ބައްދަލުވުން، ކޯސްތަކުގައި މީހުން ފޮނުވުމާއި ބައިވެރިކުރުމާބެހޭ އިދާރީ މަސައްކަތްކުރުމާއި ލިޔެކިޔުން ބެލެހެއްޓުން.
  • ދާއިމީ މުވައްޒަފުންގެ ވަޒީފާ ބަޔާން ތައްޔާރު ކުރުމާއި އެކަމާބެހޭ އިދާރީ މަސައްކަތްތައް ބެލެހެއްޓުން.
  • ވަޒީފާގައި އުޅޭކަމުގެ ލިޔުމާއި ވަގުތީގޮތުން މަސައްކަތް ކުރިކަމުގެ ލިޔުން އެކަމަށް އެދޭ  ފަރާތްތަކަށް  ދޫކުރުމާއި އެކަމާގުޅޭ އިދާރީ ކަންކަން ކޮށް ލިޔެކިޔުން ބެލެހެއްޓުން.
  • ކުރިއަށް އޮންނަ އަހަރުގައި ސެކްޝަނުން ކުރާނެ މަސައްކަތުގެ ވަރކް ޕްލޭން ތައްޔާރުކުރުން.
  • ސެކްޝަނުން އޮފީހުގެ ވެބްސައިޓްގައި ހިމަނަން ބޭނުންވާ މަޢުލޫމާތު ކަމާބެހޭ ސެކްޝަނަށް ފޮނުވައި އެކަމާބެހޭ އިދާރީ މަސައްކަތްކުރުން.
  • އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
  • ކުރިޔަށް އޮންނަ އަހަރަށް ކޮމިޝަނުގެ މުވައްޒަފުންނަށް ބޭނުންވާ ޓްރޭނިންގ ރިކުއަޔަރމަންޓް ތައްޔާރުކުރުމުގެ އިދާރީ މަސައްކަތްތައް ކުރުމާއި ލިޔެކިޔުން ބެލެހެއްޓުން.
  • މުވައްޒަފުންގެ ޕަރފޯމަންސް އެޕްރައިސަލްއާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
  • އަލަށް ކޮމިޝަނާގުޅޭ މުވައްޒަފުންނަށް ސެކްޝަން ވެރިޔާގެ އިރުޝާދާއެކީ އިންޑަކްޝަން ޕްރޮގްރާމް ހިންގުން
  • ހިޔުމަން ރިސޯސް ޕެނަލްގެ ބައްދަލުވުންތައް އިންތިޒާމްކޮށް އިދާރީ މަސައްކަތް ބެލެހެއްޓުން.
  • ވަރކްޝޮޕް، ސެމިނަރ، ބައްދަލުވުން އަދި ކޯސްތަކުގައި މީހުން ފޮނުވުމާއި ބައިވެރިކުރުމާބެހޭ އިދާރީ މަސައްކަތްކުރުމާއި ލިޔެކިޔުން ބެލެހެއްޓުން.
  • އިންތިޚާބަކަށް ނުވަތަ ބައި- އިލެކްޝަނަކަށް އިޢުލާނުކޮށްފިނަމަ، ސެކްޝަން/ޑިވިޜަން ހެޑް އަންގާ ގޮތެއްގެ މަތިން ފޯކަލް ޕޮއިންޓްސް އަދި އޮފިޝަލުން ނެގުމުގެ އިދާރީ މަސައްކަތްކުރުން.
  • ސެކްޝަނަށް ލިބޭ ސިޓީތަކަށް ޖަވާބު ތައްޔާރުކުރުން.
  • ސެކްޝަންގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވެރިން އަންގަވާ ކަންކަން ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ.
  • ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  • އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.  
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ނޯޓު

ޢިއުލާންކޮށްފައިވާ މަޤާމަށް ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.

ސުންގަޑި:         

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 26 އޮކްޓޫބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

 

އޮފިސަރ (ޖީއެސް 3) އަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑު

ތަފްޞީލް

މާކްސް

ތަޢުލީމް

40 މާކްސް

މަސައްކަތު ތަޖުރިބާ

10 މާކްސް

އިންޓަރވިއު

35 މާކްސް

ހާއްޞަ ހުނަރު (ޢަމަލީ ޓެސްޓު)

15 މާކްސް

ޖުމްލަ

100 މާކްސް

 

ޝޯޓްލިސްޓު ކުރެވޭގޮތް

  • ޝޯޓްލިސްޓު ކުރާނީ ތަޢުލީމު އަދި މަސައްކަތު ތަޖުރިބާގެ މާކުސް އަށް ބެލުމަށްފަހު ލިބޭ މާކުސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
  • ތަޢުލީމީ ސެޓުފިކެޓަށް މާކުސް ދޭނީ މަސައްކަތުގެ ދާއިރާއާގުޅޭ ސެޓުފިކެޓުތަކަށެވެ.
  • މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށް ވުރެ މަތީ ސެޓުފިކެޓު ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓުފިކެޓުތަކަށް، މާކުސް ދެވޭނީ ތަޢުލީމަށް މާކުސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ،

82 މުޙައްރަމް    1439

18 އޮކްޓޫބަރު    2017