Election Commission of Maldives

1 އަހަރު ދުވަހުގެ މުއްދަތަށް އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

13th ނޮވެމްބަރު 2017, 12:00 އިއުލާން

ނަންބަރު:53(A)AB-2017/2

އިޢުލާން

1 އަހަރު ދުވަހުގެ މުއްދަތަށް އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 މި ކޮމިޝަނުންދޭ މަޢުލޫމާތާއި އެއްގޮތަށް 2018 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން 31 ޑިސެންބަރު ގެ ނިޔަލަށް އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ގަޑި

ދުވަސް

ތާރީޚް

ތަފްސީލް

14:00

ހޯމަ

20 ނޮވެންބަރު 2017

މަޢުލޫމާތު ސާފުކުރުން

14:00

އާދީއްތަ

26 ނޮވެންބަރު 2017

އަންދާސީ ހިސާބު ހުށަހެޅުން

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3004428 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ. 

24 ޞަފަރު   1439

13 ނޮވެންބަރު 2017