Election Commission of Maldives

1 އަހަރު ދުވަހުގެ މުއްދަތަށް އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

20 ނޮވެމްބަރު 2017, 12:00 އިއުލާން

  ނަންބަރު:(A)AB-2017/255

އިޢުލާން

1 އަހަރު ދުވަހުގެ މުއްދަތަށް އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 މި ކޮމިޝަނުންދޭ މަޢުލޫމާތާއި އެއްގޮތަށް 2018  ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން 31 ޑިސެންބަރު ގެ ނިޔަލަށް އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު 253 (A)AB-2017/(13 ނޮވެންބަރު 2017) އިޢުލާނާ ގުޅިގެން އެކަޝީގެންވާ އަދަދަށް މަޢުލޫމާތު ސާފުކުރަން ވަޑައިގެންފައިނުވާތީ، އެ ޚިދުމަތް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ގަޑި

ދުވަސް

ތާރީޚް

ތަފްސީލް

11:30

ބުރާސްފަތި

23 ނޮވެންބަރު 2017

މަޢުލޫމާތު ސާފުކުރުން

11:30

ބުދަ

29 ނޮވެންބަރު 2017

އަންދާސީ ހިސާބު ހުށަހެޅުން

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3004428 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ. 

02 ރަބީޢުލްއައްވަލް 1439

20 ނޮވެންބަރު 2017