Election Commission of Maldives

ބައި-އިލެކްޝަންގައި އިލެކްޝަންސް ކޮމްޕްލޭންސް ބިއުރޯ އަދި ފޯކަލް ޕޮއިންޓަށް ޝަކުވާ ހުށައެޅުން

01 އޭޕްރީލް 2015, 12:00 ޚަބަރު

04 އޭޕްރިލް 2015 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރ. އަލިފުށީ ކައުންސިލްގެ އިންތިޚާބުގެ ބައި-އިލެކްޝަނާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމް އެ ކައުންސިލްގެ އިދާރާގައާއި އިލެކްޝަންސް ކޮމިޝަންގައި ވަނީ ހަމަޖައްސާފައެވެ.

އިސްވެ ދެންނެވިފައިވާ އިންތިޚާބާ ގުޅިގެން ހުށަހަޅުއްވާ ޝަކުވާތައް ބަލައިގަންނަން ހަމަޖެހިފައިވަނީ  01 އޭޕްރިލް 2015 ން ފެށިގެން 06 އޭޕްރިލް 2015 ވާ ހޯމަ ދުވަހުގެ 15:00 އާ ހަމައަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން ހަވީރު 03:00 އަށެވެ. 03 އޭޕްރިލް 2015 ވާ ހުކުރު ދުވަހު ޝަކުވާ ބަލައިގަންނާނީ 18:00 ން 20:00 އަށެވެ. އަދި ވޯޓުނެގުމަށް ހަމަޖެހިފައިވާ 04 އޭޕްރިލް 2015 ވާ ހޮނިހިރު ދުވަހު ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެދުވަހު ވޯޓުނަގަން ފެށުނީއްސުރެން ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށްކަން އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިޢުލާންގައި ބަޔާންކޮށްފައިވެއެވެ.

ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ ބައި-އިލެކްޝަން ބާއްވާ ކައުންސިލްގެ އިދާރާއިންނާއި އިލެކްޝަންސް ކޮމިޝަންގެ ރިސެޕްޝަނުންކަމަށާއި އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓު www.elections.gov.mv  އިން ޝަކުވާ ފޯމު ޑައުންލޯޑު ކުރެވޭނެކަންވެސް އެ އިޢުލާނުގައިވެއެވެ.