Election Commission of Maldives

ރ. އަނގޮޅިތީމު ކައުންސިލާއި ގދ. ވާދޫ ކައުންސިލްގެ ބައި-އިލެކްޝަން ގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

07 އޭޕްރީލް 2015, 12:00 ޚަބަރު

ރ. އަނގޮޅިތީމު ކައުންސިލާއި ގދ. ވާދޫ ކައުންސިލްއިން ހުސްވެފައިވާ 2 ގޮނޑިޔަށް، މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން، 2015 މެއި 23 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

   ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުންކުރެ، މި ދެދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2015 އެޕްރީލް 6 ވާ ހޯމަ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން، 2015 އެޕްރީލް 19 ވާ އާދީއްތަ ދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް އިލެކްޝަންސް ކޮމިޝަންގެ 5 ވަނަ ފަންގިފިލާއިންނެވެ. ސަރުކާރުގެ ރަސްމީ ބަންދު ދުވަސް ފިޔަވައި، އެހެން ދުވަސް ދުވަހު ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 ން ހަވީރު 3:00 އާ ހަމަޔަށެވެ. ރަސްމީ ބަންދު ދުވަސް ދުވަހު ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހު 2:30 ން ހަވީރު 4:30 އަށް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ނަމޫނާ ރ. އަނގޮޅިތީމު ކައުންސިލުންނާއި، ގދ. ވާދޫ ކައުންސިލުންނާއި، މި ކޮމިޝަނުން ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށާއި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓް www.elections.gov.mv ން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް އެއިޢުލާނުގައި ބުނެފައިވެއެވެ.