Election Commission of Maldives

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަށް ބަދަލު ގެނައުން

14 އޭޕްރީލް 2015, 12:00 ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަށް އިލެކްޝަންސް ކޮމިޝަނުން ބަދަލު ގެނެސްފިއެވެ.

ހުސްވެފައިވާ ދިއްގަރު ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުނެގުން މިހާރު ހަމަޖެހިފައި ވަނީ 2015 ޖޫން 6 ވާ ހޮނިހިރު ދުވަހު އެވެ.

އަދި މި އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ، ދެވަނަ ބުރުގެ ވޯޓުނެގުން އޮންނާނީ، 2015 ޖޫން 13 ވާ ހޮނިހިރު ދުވަހުކަން މިކޮމިޝަނުން ނެރެފައިވާ އިޢުލާންގައި ބަޔަންކޮށްފައިވެއެވެ.