Election Commission of Maldives

އިނގިރޭސި ބަހަށް ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދުން

03 މެއި 2018, 12:00 އިއުލާން

 

  ނަންބަރ:(A)DC-2018/55

އިޢުލާނު

                          

"ސިޔާސީ ޕާޓީގެ ޤާނޫނު އަދި ގަވާއިދު" އިނގިރޭސި ބަހަށް ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދުން

  1. މިކޮމިޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް ސިޔާސީ ޕާޓީގެ ޤާނޫނު އަދި ގަވާއިދު" އިނގިރޭސި ބަހަށް ތަރުޖަމާކޮށްދޭނެ  ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

38/2018/W-003

ސިޔާސީ ޕާޓީގެ ޤާނޫނު އަދި ގަވާއިދު އިނގިރޭސި ބަހަށް ތަރުޖަމާކުރުން

 
  1. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv​ ގައި ޝާއިޢު ކުރެވިފައިވާނެއެވެ. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ  2018 މެއި 10 ވާ ބުރާސްފަތި ދުވަހުގެ  11:00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް އީމެއިލް ކުރައްވާނީ  [email protected] އަށެވެ. 
  2. ބީލަން ހުޅުވުން އޮންނާނީ  2018 މެއި 13 ވާ އާދީއްތަ ދުވަހުގެ 11:00ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

17 ޝައުބާން 1439

03 މެއި  2018

"ސިޔާސީ ޕާޓީގެ ޤާނޫނު އަދި ގަވާއިދު" އިނގިރޭސި ބަހަށް ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދުން

ސިޔާސީ ޕާޓީގެ ގަވާއިދު

ސިޔާސީ ޕާޓީގެ ޤާނޫނު

ސިޔާސީ ޕާޓީގެ ޤާނޫނުގެ 1 ވަނަ އިސްލާހު

ސިޔާސީ ޕާޓީގެ ޤާނޫނުގެ 2 ވަނަ އިސްލާހު

ސިޔާސީ ޕާޓީގެ ޤާނޫނުގެ 3 ވަނަ އިސްލާހު