Election Commission of Maldives

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ބޭނުމަށް ރަށު / އަތޮޅު / ސިޓީ ފޯކަލް ޕޮއިންޓުން ހޯދުމާ ބެހޭ

09 މެއި 2018, 02:37 އިއުލާން
ނަންބަރު: (A)AB-2018/65    

އިޢުލާނު

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ބޭނުމަށް ރަށު / އަތޮޅު / ސިޓީ ފޯކަލް ޕޮއިންޓުން ހޯދުމާ ބެހޭ

ބޭނުންވާ ޢަދަދު:

  • 179 (ސަތޭކަ ހަތްދިހަ ނުވައެއް) ރަށު ފޯކަލް ޕޮއިންޓުން.
  • 18 (އަށާރަ) އަތޮޅު ފޯކަލް ޕޮއިންޓުން.
  • 02 (ދޭއް) ސިޓީ (އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ) ފޯކަލް ޕޮއިންޓުން.

އުޖޫރަ:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/200 (ދުއިސައްތަ ރުފިޔާ).

އަދި ކަނޑައެޅިފައިވާ އުޞޫލުން ފޯކަލް ޕޮއިންޓުންނަށް ފޯނު އެލަވަންސުގެ ގޮތުގައި މަހަކު -/150( ސަތޭކަ ފަންސާސް) ރުފިޔާ ދެވޭނެ.

ޝަރުޠު:

  1. ރަށު ކައުންސިލް އިދާރާގެ ނުވަތަ އަތޮޅު/ސިޓީ ކައުންސިލް އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައިވުން.
  2. އިލެކްޝަންސް ކޮމިޝަނުން ޙަވާލުކުރާ އިންތިޚާބާބެހޭ މަސައްކަތްތައް އިސްނަގައިގެން އަމިއްލައަށް ކުރުމުގެ ޤާބިލުކަމާއި، ތަޢުލީމާއި، ތަޖުރިބާ ހުރި މީހަކު ކަމުގައި ކޮމިޝަނަށް ޤަބޫލުކުރެވުން.
  3. އެއްވެސް ސިޔާސީ ޕާޓީއެއްގެ އިންތިޚާބީ މަޤާމެއް ނުވަތަ ޕާޓީގެ ފަރާތުން އައްޔަންކޮށްފައިވާ މަޤާމެއް ފުރާ މީހެއް ކަމުގައި ނުވުން.
  4. އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ޙަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން.
  5. އިންތިޚާބަށް ކުރިމަތިލާ އެއްވެސް ކެންޑިޑޭޓެއްގެ ޢާއިލީ މެންބަރުކަމުގައި ނުވުން. (ޢާއިލީ މީހެއްގެ ގޮތުގައި ބަލާނީ މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، ދަރިއެއް، އެއްބަނޑު އެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ ކޮންމެ މީހެއް)
  6. އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއް ނުވަތަ ކެންޑިޑޭޓެއްގެ އިންތިޚާބީ އެޖެންޓެއްކަމުގައި ނުވުން.
  7. ސިޔާސީ ޙަރަކާތްތަކުގައި އިސް ރޯލެއް އަދާކުރާ މީހަކު ކަމުގައި ނުވުން.

މަސްއޫލިއްޔަތު:

  • އިންތިޚާބުގެ ކަންތައްތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނާއި، ސިޓީ/ އަތޮޅު/ ރަށު ކައުންސިލްގެ އިދާރާއާއި ދެމެދު ހިންގާ ހުރިހާ މުޢާމަލާތްތައް ހިންގުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރުން.
  • އިންތިޚާބާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަނާއި ސިޓީ/ އަތޮޅު/ ރަށު ކައުންސިލްގެ އިދާރާއާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އިންތިޒާމުކުރުމާއި ހިންގައި ބެލެހެއްޓުން.
  • ރިޔާސީ އިންތިޚާބު 2018 ގައި އަތޮޅު، ސިޓީ އަދި ރަށުގައި ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުމާއި، އިލެކްޝަންސް ކޮމިޝަނުން ހިންގާ ޕްރޮގްރާމްތައް ހިންގުމާއި، މިކަންކަމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން އިލެކްޝަންސް ކޮމިޝަންގެ އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން ކުރުން.

ސުންގަޑި:         

މި މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 މެއި 2018 ވާ އާދިއްތަ ދުވަހުގެ  14:00ގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

ފޯކަލް ޕޮއިންޓުންނަށްވުމަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

ފޯކަލް ޕޮއިންޓަކަށް ވުމަށް އެދި ހުށަހަޅާ ފޯމު އިލެކްޝަން ކޮމިޝަނުގެ ރިސެޕްޝަނަށް ނުވަތަ އީމެއިލް މެދުވެރިކޮށް  [email protected] އަށް ހުށައެޅުއްވުން އެދެމެވެ.

 

23 ޝަޢުބާން    1439

09 މެއި  2018

ފޯކަލް ޕއޮިންޓުންނަށް ވުމަށް އެދޭ ފޯމް 2018

ފޯކަލް ޕއޮިންޓުންނަށް ވުމަށް އެދޭ ފޯމް 2018 (PDF)