Election Commission of Maldives

ކިޔޫ ނަންބަރު ޗާޕްކޮށްދޭނެ ފަރާތެއް ހޯދުން

15 މެއި 2018, 17:50 އިއުލާން

  ނަންބަރ: (A)DC-2018/67

އިޢުލާނު

ކިޔޫ ނަންބަރު ޗާޕްކޮށްދޭނެ ފަރާތެއް ހޯދުން

  1. ކޮމިޝަނުގެ ނަންބަރ: 54(A)DC-2018/ (3 މެއި 2018) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ޢަދަދަށް އަންދާސީ ހިސާބު ހުށަހަޅަން ވަޑައިގެންފައި ނުވާތީވެ، އެ އިޢުލާނު ބާޠިލްކޮށް މަޢުލޫމާތު ކަރުދާހުގައިވާ ކިޔޫ ނަންބަރު ޗާޕުކޮށްދެވޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

38/2018/W-002

ކިޔޫ ނަންބަރު ޗާޕްކުރުން

 
  1. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ  2018 މެއި 24 ވާ ބުރާސްފަތި ދުވަހު 11:30ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް އީމެއިލް ކުރައްވާނީ  [email protected] އަށެވެ.
  2. ބީލަން ހުޅުވުން އޮންނާނީ  2018 މެއި 28 ވާ ހޯމަދުވަހުގެ 11:30ގައި އިލެކްޝަންސް ކޮމިޝަން  (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

29 ޝައުބާން 1439

15 މެއި    2018

ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް